ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޕާސް ކުރި ކުޅުންތެރިޔަކަށް ރެއާލް މެޑްރިޑްގެ ކްރޫޒު

ޓޯނީ ކްރޫޒް ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ މިސީޒަންގެ ޗެމްޕިއަންސް ލީގްގައި އެންމެ ގިނަ ޕަސް ކުރި ކުޅުންތެރިޔަކީ އޭނާ --- ފޮޓޯ/ މާސާ

މިސިޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި އެންމެ ގިނަ ޕާސް ކުރި ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫޒުއެވެ.

ޔޫއެފްއާ ޗެމްޕިއަންސްލީގް ގައި ކުޅުނު މެޗްތަކުން ކްރޫޒްއަށް އެންމެ ގިނަ ޕާސް އުފެއްދިފައިވަނީ މިދޔަ ބުދަ ދުވަހު ޕީއެސްޖިއާ ދެކޮޅަށް ކުޅުނު މެޗްގައެވެ.

އެމެޗްގައި ކްރޫޒްގެ މިސީޒަންގެ ކޮމްބިނޭޝަން ޕާޓްނަރު ކެސެމީރޯ ހަތަރު ޑިފެންޑަރުންގެ ކުރީގައި މަސައްކަތް ކުރިއިރު ކެސެމީރޯގެ ކުރީގައި ކްރޫޒް މަސައްކަތް ކުރުމުން އެހެން މެޗުތަކަށްވުރެ އޭނާގެ ވިދުން ފެނުނީ ގަދަކޮށެވެ.

އެގޮތުން ފޯވަޑްލައިންގައި ހަރަކާތްތެރިވި ރެއާލްގެ އަނެއް ހަތަރު ކުޅުންތެރިންނަށްވެސް އެކި އޭންގަލްތަކުން ކްރޫޒު ވަނީ ޕާސް ފޯރުކޮށްދީފައެވެ.

ސްޕެއިންގެ މީޑީއަތަކުން އެކުލަވާލި މެޗް ސްޓެޓިސްޓިކްސްތަކުގައި ކްރޫޒްވަނީ އޭނާގެ މަސައްކަތުގެ 94 ޕަސަންޓް ފުރިހަމަކޮށްފައެވެ.

އެގޮތުން މެޗްގައި އޭނާ އުފެއްދި 84 ޕާސްގެ ތެރެއިން 79 ޕާސް ވަނީ ޓީމުގެ ކުޅުންތެރިންނަށް ލިބިފައެވެ.

ބާކީ އަނެއް ފަސް ޕާސް މިސްކޮށް ލެވުނަސް މިސީޒަންގެ ޗެމްޕިއަންސް ލީގްގައި ޕާސިން ގޭމްގައި އެންމެ ޕްރޮޑެކްޓިވް ކުޅުންތެރިޔަކީ އޭނާއެވެ.

އޭނާއާ ވާދަ ކުރެވޭ ކުޅުންތެރިޔަކުވެސް ޕާސިން ލިސްޓްގައި އަދި ނެތެވެ. މީހާތަނަށް މިސީޒަންގެ ޗެމްޕިއަންސް ލީގްގައި 329 ޕާސް އޭނާ އުފެއްދިއިރު އިތުރު އެއްވެސް ކުޅުންތެރިޔަކަށް 300 ޕާސްވެސް އުފެއްދިފައެއް ނުވެއެވެ.

އޭނާ އުފެއްދި 329 ޕާސްގެ ތެރެއިން 312 ޕާސް އޭނާ ވަނީ ކަމިޔާބުކޮށްފައެވެ. ބާކީ އަނެއް 12 ޕާސް މިސްކޮށްލެވުނު ނަމަވެސް މުޅި ލީގުގައި ކްރޫޒު ވަނީ އޭނާގެ 95 ޕަސަންޓް މަސައްކަތް ކަމިޔަބުކޮށްފައެވެ.

comment ކޮމެންޓް