މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުން އެމްޑީޕީއާ ގުޅިއްޖެ

މުނިފޫހި ފިލުމުގެ ދާއިރާގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

އެމްޑީޕީން އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނާއި މިއުޒިޝަނުންގެ ގޮތުގައި ހަރަކާތްރިވާ 15 ފަންނާނުން އެ ޕާޓީއަށް ސޮއިކޮށްފައިވެ އެވެ.

އޭގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ) އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އޭނާގެ އަންހެނުން ފާތުމަތު ފަރީލާގެ އިތުރުން އަހުމަދު ނިމާލް އާއި ހުސައިން ސޮބާހު އާއި ނައިބުގޭ އަހުމަދު އަބްދުﷲ ޝިޔާމު ހިމެނެ އެވެ. އަދި މިނޫން އިތުރު ފަންނާނުން ވެސް އެމްޑީޕީއަށް ސޮއިކޮށްފައިވެ އެވެ.

ޖަލްސާގައި މަޝްހޫރު ފިލްމީ ބަތޮލު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ އޭނާ އެމްޑީޕީއަށް ސޮއިކުރީ އެމްޑީޕީގެ މެންބަރުންނަކީ ނުގުޑާފަދަ އަޒުމެއްގައި ތިބި ބަޔަކަން ވާތީ ކަމަށާއި ގައުމަށް ލާބަ އާއި މަންފާ ގެނެސްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑުވެސް ބޭނުންވީ ގައުމަށްޓަކާ މަސައްކަތްކުރާ، ދިވެހި ރައްޔިތުންގެ ކުރިމަގަށް ލާބަ އާއި މަންފާ ގެނެސްދޭ ބަޔަކާގުޅި އަމަލީ ގޮތުން މި މަސައްކަތުގައި ބައިވެރިވުމަށް،"

ރޭގެ ޖަލްސާގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ފަރާތުން 50 ވުރެ ގިނަ މީހުން އެމްޑީޕީއާ ސޮއިކޮށްފައިވާ ފޯމްތަކެއް ވެސް އެ ޕާޓީއާ ހަވާލު ކުރި އެވެ. މެންބަރުން އިތުރު ކުރުމަށް ބޮޑު ދެ ސިޔާސީ ޕާޓީގެ ކުރަމުންދާ މަސައްކަތުގައި، 44،000 މެންބަރުނާއެކު ކުރީގައި އުޅެނީ ސަރުކާރު ހިންގާ އެމްޑީޕީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު