ޑީއާރްޕީން މަސައްކަތް ކުރަނީ ގައުމަށްޓަކައި: ޒައީމް މައުމޫން

ޑީއާރުޕީން ކުރާ މަސައްކަތަކީ، ވަކި މީހަކަށް، ވަކި ޕާޓީއަކަށް ކުރާ މަސައްކަތެއްނޫން ކަމަށާއި އެ މަސައްކަތަކީ ގައުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ޑީއާރްޕީގެ ޒައީމު އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ ތެރޭގައި ހިމެނޭ، މައުމޫނުގެ ފިކުރަށް ތާއީދުކުރާ މެންބަރުންނާއި، ޕީއޭ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ސުނާމީ ބިނާ، ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ފޯނުން ވާހަކަފުޅު ދައްކަވަމުން ޒައީމު މައުމޫނު ވަނީ "އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ކުރާ މަސައްކަތެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތަކީ، ގައުމަށްޓަކައި ކުރާ މަސައްކަތެއް. މި މަސައްކަތުގައި މާތް ރަސްކަލާންގެ ބަރަކާތް ލައްވާށި،" ޒައީމު މައުމޫނު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަދެއްކެވި، ޑީއާރުޕީ އާއި ޕީއޭގެ މެންބަރުން ވަނީ، ޒައީމު މައުމޫނަށް ތާއީދުކުރާކަން ތަކުރާރުކޮށް ބުނެފަ އެވެ. އަދި ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީއަށް ޒައީމު މައުމޫނު ދެއްވި ތާއީދު އަނބުރާ ގެންދަވާފައިވާތީ، ތަސްމީނު ޑީއާރުޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ވެސް މި ޖަލްސާގައި ވަނީ ގޮވާލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު