މަދަރުސާއިން ހޯދާ އެންމެ މުހިންމު ތައުލީމަކީ މޮޅުވާށާއި ބަލިވާން ދަސްކުރުން: ރައީސް

މަދަރުސާއިން ހޯދާ އެންމެ މުހިންމު ތަރުބިއްޔަތަކީ ވާދަވެރިކަމާއެކު މޮޅުވާާށާއި ބަލިވާން ދަސްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫގައި މިއަދު ނިމުނު "މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ހަރަކާތްތަކާއި، އޭގެތެރެއިން އުފެދޭ އެކުވެރިކަމާއި ލިބޭ ތަޖުރިބާއަކީ މަދަރުސާތަކުގައި އުނގައްނައިދޭ ތަޢުލީމާ އެއްވަރުގެ މުހިންމު ކަމެއް ކަމަށެވެ. ތަރުބިއްޔަތުގައި ބަލިވާން އެނގުމަކީ ނާކާމިޔާބީގައި ހިތްވަރު ގަދަކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ކޮންމެ މީހަކުވެސް މީހަކަށްވަނީ، އެއްކަމެއް އެނގުމުން ނޫން ކަމަށާއި، މަދަރުސާއިން ހޯދަންޖެހޭ ހަމައެކަނި ތަރުބިއްޔަތަކީ، ފޮތުން ހޯދާ ތަރުބިއްޔަތު ނޫން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު