އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރުމަށް 19 އަހަރުން ދަށުގެ ޓީމް ތަޖަކިސްތާނަށް

ތަޖަކިސްތާނަށް ދާން ފުރި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ބައެއް ކުޅުންތެރިން ފޯޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ/ އަޙްމަދު ޝާކިރު (ޝާކިއްޓޭ)

އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ތަޖަކިސްތާނަށް ދާން ފުރައިފިއެވެ.

މުބަރާތުގެ ކޮލިފިކޭޝަން މެޗްތައް އިއްޔެ ފަށާފައިވާއިރު ރާއްޖެ ހިމެނޭ ގުރޫޕް 'އެފް' ގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ.

މި ގުރޫޕްގައި ރާއްޖެއާއެކު ހިމެނެނީ މުބާރާތް ބާއްވާ ގައުމު ތަޖަކިސްތާނާއި އިރާޤާއި ބަހްރެއިންއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗްގައި ރާއްޖެ ބައްދަލު ކުރާނީ ހުކުރު ދުވަހު ހަވީރު ބަހްރެއިންއާ ދެކޮޅަށެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި އަންނަ އާދިއްތަ ދުވަހު ބައްދަލު ކުރާނީ އިރާޤާ ދެކޮޅާށެވެ. ގުރޫޕްގެ ފަހު މެޗްގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ރާއްޖެ ކުޅޭނީ މުބާރާތް ބާއްވަ ގައުމު ތަޖަކިސްތާނާ ދެކޮޅަށެވެ.

މުބާރާތަށް 16 ޓީމު ކޮލިފައިވާއިރު މިގުރޫޕްގައި ހިމެނޭ ބަހުރެއިން ކޮލިފައިން ބުރުން ކެޓިޔަސް އެޓިމަށް މުބާރާތުން އޮޓަމެޓިކް ޖާގައެއް ލިބޭނެއެވެ. އެޓީމަށް އޮޓަމެޓިކް ޖާގައެއް ލިބެނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕް އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ.

comment ކޮމެންޓް