އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމަށް ސީސީއެޗުޑީސީ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު މާލެ އާއި އަތޮޅު ތެރޭގައި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒްކޮންޓްރޯލް [ސީސީއެޗްޑީސީ] އިން އިލްތިމާސް ކޮށްފި އެވެ.

ސީސީއެޗްޑީސީން ބުނީ މިދުވަސްވަރު މާލެ އާއި އަތޮޅު ތެރޭގައި އަރިދަފުސް ރޯގާ އިތުރުވަމުންދާ ކަން އެ ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ފެބްރުއަރީ 15 އިން ފެށިގެން މާޗް މަހުގެ 15 އަށް 9569 ކުދިންނާއި މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރާއި އަޅާބަލާ އިރު އެ މުއްދަތުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ ކުދިންނާއި މީހުންގެ އަދަދު 49 އިންސައްތަ އިތުރުވެފައިވާ ކަމަށް ސިސީއެޗުޑީން ބުންޏެވެ.

"އަރިދަފުސް ރޯގާ އަކީ ވަރަށް ފަސޭހަކަމާ އެކު އެކަކު ގައިން އަނެކަކުގެ ގަޔަށް ފެތުރޭ ބައްޔައްކަށްވެފައި މިދުވަސްވަރު މަދަރުސާތައް ބަންދުވެ، މީހުން އެއްތަނުން އަނެއް ތަނަށް ގިނައިން ދަތުރުކޮށް އުޅޭ ދުވަސްވަރަކަށް ވާތީ، ބަލި ޖެހިފައިވާ މީހުން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ."

ސީސީއެޗްޑީސީން ބުނީ މިދުވަސްވަރު އަރިދަފުސް ރޯގާ އިތުރުވަމުންދިޔަ ނަމަވެސް ޑެންގީހުން ޖެހިގެން މިހާރު ރިޕޯޓު ކުރަމުން އަންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު ހަފްތާ ތެރޭ މާލެ އާއި އަތޮޅު ތެރެއިން ޑެންގީހުން ޖެހިގެން ރިޕޯޓު ކުރި މިންވަރު ދަށްވެފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު