ނައިބު ރައީސް ފުވައްމުލަކަށް ފުރާވަޑައިގެންފި

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފައްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލަކުގައި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވާނެ ކަމަށެވެ. އަދި ފުވައްމުލަކުގެ ސްކޫލްތަކަށް ޒިޔާރަތް ކުރައްވައި، ސްކޫލްތަކުގެ ބޯޑުތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކާވެސް އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު