އާ ބަންޑާރަނައިބު މުއިއްޒު ޖޭއެސްސީއަށް އައްޔަންކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޒް ޢަބްދުﷲ މުއިއްޒު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަންކުރައްވައިފި އެވެ.

ޖުޑޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް މުއިއްޒު ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަން، ކިތަންމެ ތަނަކުން ހަރުދަނާ ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެކޮމިޝަންގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ގެންދިއުމަށްޓަކައި މުއިއްޒުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގެ ކުރިން ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛު އާތިފް ހިލްމީގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، މުއިއްޒު ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު