ރާއްޖޭގެ ޓީވީ، ރޭޑިއޯ ޗެނަލްތައް އޮންލައިންކޮށް ލިބޭ ހިދުމަތެއް ނެޓް ސޮލިއުޝަނުން ތައާރަފުކޮށްފި

ރާއްޖޭގެ ބައެއް ރޭޑިއޯ ސްޓޭޝަންތަކާއި އަދި ޓީވީ ސްޓޭޝަން ތައް އޮންލައިންކޮށް ލިބޭނެ ހިދުމަތެއް ދިވެހި ކުންފުންޏެއްކަމަށްވާ ނެޓް ސޮލިއުޝަން އިން އިއްޔެ ތައާރަފްކޮށްފި އެވެ.

ނެޓް ސޮލިއުޝަން އިން ދޭ ނެޓް ސްޓްރީމްގެ ޚިދުމަތްތަކުގެ ތެރެއިން އިއްޔެ ތައާރަފް ކުރި ހިދުމަތް، ހޯދަން "ސްޓްރީމް ޑޮޓް އެމްވީ" އަށް ލޮގިން ވުމުން ރާއްޖޭގެ ބައެއް ރޭޑިއޯ ޗެނަލްތަކާއި ޓީވީ ޗެނަލްތައް ހިލޭ ބަލައިލެވެ އެވެ.

އެގޮތުން އެމްއެންބީސީ ވަން، ޔޫތު ޓީވީ، ދިޓީވީ، ވީޓީވީ އަދި ރާއްޖެ ރޭޑިއޯ އާއި ރާއްޖެއެފްއެމް ލިބެ އެވެ. މީގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގާ ހާއްސަ ހަރަކާތްތައް އެ ވެބްސައިޓުން ވަގުތުން ފެންނާނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

ނެޓް ސޮލިއުޝަންއިން ބުނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ކޮންމެ ސަރަހައްދަކުން އެ ވެބްސައިޓުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށާއި ރާއްޖޭން ބޭރުން ހިދުމަތް ހޯދާ ނަމަ ފީ އެއް ނަގާނެ ކަމަށެވެ.

އައިފޯނާއި އައިޕެޑް އަދި އިތުރު ފޯނުތަކުން ވެސް މި ހިދުމަތް ދިނުމަށް މިހާރު ޓެސްޓު ކުރަމުން އަންނަ ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް މޯބައިލް ފޯން ތަކަށް ފޯރުކޮށްދޭނެ ކަމަށް ނެޓް ސޮލިއުޝަން އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު