އާ ކޯޗުގެ ތަޖުރިބާއާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ: ބަކާ

ޕްރެސްކޮންފަރެންސެއްގައި ގައުމީ ޓީމްގެ ވައިސް ވައިސް ކެޕްޓަން ބަކާ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ފޮޓޯ/ ބަކާ ފޭސްބްކް ޕޭޖް

ގައުމީ ޓީމްގެ ކޯޗްގެ މަގާމާ ހަވާލުވި ނިއުޒިލެންޑްގެ ކުރީގެ ކޯޗް ރިކީ ހާބަޓްގެ ތަޖުރިބާއާއެކު ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ކާމިޔަބު ކުރުމަށް އިތުރު ހިތްވަރެއް ލިބޭނެކަމަށް ގައުމީ ޓީމްގެ ވައިސް ކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ) ބުނެފިއެވެ.

އާކޯޗްގެ ތަޖުރިބާގެ ފައިދާ ކިހާވަރަކަށް ޓީމަށް ކުރާނެތޯ ސުވާލުކުރުމުން މިޔަންމާ ލީގްގެ ކޭބީޑެޑަށް ކުޅެމުންދާ ބަކާ ބުނީ ހާބަޓްއަކީ ސަރަހައްދުގައި މަސައްކަތްކޮށްފައިވާ ކޯޗެއް ކަމުން އޭނާއަށް ސަރަހައްދުގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

އެކަމުގެ ސަބަބުން ސާފް ސުޒުކީ ކަޕަށް ނިކުންނައިރު ސަރަހައްދުގެ އެހެން ޓީމްގެ ފެންވަރު އޭނާއަށް ދެނެގަނެވިފައި ހުރުމުން އެކަމުގެ ފައިދާ ދިވެހި ކުޅުންތެރިންނަށް ކުރާނެ ކަމަށް ބަކާ ބުންޏެވެ.

ބަކާ ބުނީ ކޯޗަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ފުޓްބޯޅައިގެ ތަޖުރިބާ ހުރި ކޯއްޗެއް ކަމުން މުބާރާތްތަކުގައި ވަދަކުރާއިރު އޭގެ ސަބަބުން ޓެކްނިކަލް ފައިދާތަކެއް މުޅި ޓީމަށް ކުރާނެ ކަމަށެވެ.

މިއަހަރު ޑިސެމްބަރު 23 ން ޖެނުއަރީ ޖެނުއަރީ 3 ށް އިންޑިއާގެ ކެރަލާ ސިޓީގެ ވެރިރަށް ޓްރިވެންޑްރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރަތުގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފްގަނިސްތާނާއި ބަނގުލަދޭޝްއާއި ބުޓާނާއެކު ގުރޫޕް ބީގައެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ޑިސެންމްބަރު 24 ވަނަ ދުވަހު ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

comment ކޮމެންޓް