އުމަރު ޕީޕީއެމަށް އަލުން ގުޅިވަޑައިގެންނެވުމުން މައުމޫންގެ ހޫނު މަރުހަބާއެއް

އުމަރު ނަސީރު ޕީޕީއެމްގެ އާންމު މެމްބަރުންތަކާ ސަލާމް ކުރައްވަނީ-- ސަން ފައިލް ފޮޓޯ

ހޯމް މިނިސްޓަރު އުމަރު ނަސީރު ސަރުކާރު ހިންގާ މައި ޕާޓީ ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް އަނެއްކާވެސް ގުޅިވަޑައިގެންނެވުމުން، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަށްފަހު، ޕީޕީއެމް ބަދުނާކޮށް ވާހަކަ ދެއްކުމުން، ޕާޓީން ވަކިކުރި އުމަރު ޕީޕީއެމަށް އަލުން ގުޅިވަޑައިގެންނެވީ މި މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ އުނދަގޫ ދުވަސްތަކުގައި މަސައްކަތް ކުރި މީހުންނާއި އެކީގައި އަލުން މަސައްކަތް ކުރުމަށް ލިބުމުން ޝުކުރުވެރިވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރާ ވާދަ ކުރައްވައި ރައީސް ޔާމީން ޕްރައިމަރީ ކާމިޔާބު ކުރެއްވީ 63 ޕަސެންޓު ވޯޓުންނެވެ. އުމަރު ޕީޕީއެމަށް އަލަން ގުޅިވަޑައިގެންނެވުމުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ޕީޕީއެމަށް ލިބިވަޑައިގެންނެވި ވަރަށް އަގުބޮޑު "އެސެޓެއް" ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު