ގެއަކުން ފެނާއި ކަރަންޓު ކަނޑާލުމުން ވަގުތުން އެ ހިދުމަތްތައް ދިނުމަށް ކޯޓުން އަމުރުކޮށްފި

މާލޭ ގެއެއްގައި ކުއްޔަށް ދިރިއުޅޭ ބައެއްގެ އެޕާޓްމަންޓުން އެގޭ ވެރިފަރާތުން ކަރަންޓު ކަނޑާލުމުން އެ ހިދުމަތްތައް ވަގުތުން ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ މ. މުންތާޒާ، އިބްރާހިމް ތައުފީގު އެގޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ކަރަންޓާއި ފެން ކަނޑާލުމުން އެ ބައިގައި ދިރިއުޅެމުން ދާ 11 އަހަރުން ދަށުގެ ހަތަރު ކުދިންނަށް ނަފްސާނީ ގޮތުން ބިރުވެރިކަމެއް ކުރިމަތިވެ އެ ކުދިންގެ ކިޔެވުމަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ކޯޓުން ބުނެފައި ވަނީ މި މައްސަލައަކީ ހާއްސަކޮށް ކުޑަކުދިންތަކެއް ހިމެނޭ މައްސަލައެއް ކަމުން މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފަރުވާއެއް ދޭންޖެހޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން އިބްރާހިމް ތައުފީގު ދިރިއުޅޭ އެޕާޓްމަންޓަށް ފެނާއި ކަރަންޓުގެ ހިދުމަތް ވަގުތުން ދިނުމަށް އެގޭގެ ވެރިފަރާތް އަބްދުﷲ ލަތީފަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެ އަމުރަށް ލަތީފް ތަބާނުވެއްޖެ ނަމަ ތަނުގެ މަސްލަހަތު ހިފަހައްޓައި އަމާން ބެލެހެއްޓުމަށް ފުލުހުންނަށް އަމުރު ކުރާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު