އުންމީދު ކުރެއްވި ވަރަށް މައުމޫން ފައުންޑޭޝަންގެ މަސައްކަތްތައް ކޮށްދެވިފައެއް ނުވޭ: މައުމޫން

އުއްމީދު ކުރެއްވެވި ވަރަށް "މައުމޫން ފައުންޑޭޝަން"ގެ މަސައްކަތްތައް ކޮށްދެއްވިފައި ނުވާ ކަމަށް ފައުޑޭޝަންގެ ޗެއާމަން އަދި ޑީއާރްޕީގެ ޒައީމް އައްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން ފައުންޑޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރެއްވެވި ވަރަށް މައުމޫން ފައުންޑޭޝަންގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ގެންދެވިފައި ނުވަނީ ފައުންޑޭޝަންގެ ވަސީލަތްތައް ހުރި ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ފައުންޑޭޝަން ވުޖޫދަށް އައުމާއެކު ގަވާއިދުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކާ ވަގުތުތަކެއް ހޭދަވެގެންދިޔަ ކަމަށެވެ.

"ވޭތުވެދި އެއް އަހަރު ދުވަހުގެ ތޭގޭ މި ފައުންޑޭޝަނަށް ވަނީ ކާމިޔާބީތަކެއް ހާސިލް ކުރެވިފަ. ފައުންޑޭޝަން އުފެއްދުމާ ގުޅިގެން ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖެއްސުމަށާއި ގަވާއިދުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކާ ވަގުތުތަކެއް ހޭދަވެގެންދިޔަ. ހަމައެއާއެކު އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި ގޮތުން އަޅުގަނޑުމެން އުންމީދު ކުރި ހުރިހާ ކަމެއް ވޭތުވެދި އަހަރުގައި ކޮށެއް ނުނިންމުނު."

ފައުންޑޭޝަނަށް އެހީ ދޭނެ ކަމަށް ބޭރުގެ ފަރާތަކުން ވައުދުވެފައިވާ ކަމަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވީ އެ ފަރާތްތަކުގެ އެހީ ލިބޭނީ ދިވެހި ސަރުކާރުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ކަމަށެވެ. އެހެންކަމުން ސަރުކާރުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ފައުންޑޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

މައުމޫން ފައުންޑޭޝަންގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ފައުންޑޭޝަންގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ވެސް ވަނީ އިއްވާފަ އެވެ. އެ ގޮތުން ފައުންޑޭޝަންގެ ހަރަދުގެ ގޮތުގައި މިދިޔަ އަހަރު 450،000ރ. ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާއިރު،172000ރ. ވުރެ ފައިސާ ފައުންޑޭޝަންގެ އެކަންޓްތަކުގައި ހުރި ކަމަށް މާލީ ހިސާބުތަކުންދައްކަ އެވެ.

ޖަލްސާގައި އަހަރީ ރިޕޯޓާއި ހިސާބުތައް ވެސް ފާކުރި އެވެ. އަދި ހިންގާ ގަވާއިދާށް ހުށަހަޅާފައިވާ އިސްލާހުތަކާމެދުވެސް ގޮތެއް ނިންމި އެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރުން ފެށިގެން މައުމޫން ފައުންޑޭޝަންގެ ސެކެރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ މިރޭ އެ މަގާމުން އިސްތިއުފާދެއްވާފަ އެވެ. އެކަމާ ގުޅިގެން ޒައީމް މައުމޫން ވިދާޅުވީ މުންދު މަގާމުން އިސްތިއުފާދެއްވީ ދިރިއުޅުމުގެ މަސައްކަތްތައް ކުރުގޮތުން "ތަންކޮޅެއް" މިނިވަންކޮށް އުޅުންވަން ބޭނުންވާތީ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު