އިންޑިއާގައި ކިޔަވަން ހުރި ދިވެއްސަކު ވިސާ މައްސަލައެއްގައި ޑީޕޯޓްކޮށްލައިފި

14:30


އިންޑިއާގައި ކިޔަވަން ހުރި ދިވެއްސަކު ވިސާ މައްސަލައެއްގައި ޑީޕޯޓްކޮށްލައިފިއެވެ.


އިންޑިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ކެރެލާއަށް ކަނޑައަޅާފައި ހުންނަވާ ކޮންސިއުލޭޓް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ، އޭނާއަކީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކާ އީމެއިލުން މައުލޫމާތުތަކެއް ބަދަލުކޮށްފައިވާ ކަމަށް ބުނެ އިންޑިޔާގެ ފުލުހުން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނާ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.


އިންޑިޔާގެ ނޫސްތަކުގައި އިއްޔެ ބުނެފައި ވަނީ، އިންޑިއާގެ ގެއެއް ކުއްޔަށް ހިފައިގެން އުޅޭ އުމުރުން 28 އަހަރުގެ އަބްދުލް އަލީމަކީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކާ އީމެއިލުން މައުލޫމާތުތަކެއް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު