ހާއްސަ އޮޕަރޭޝަނާ ގުޅިގެން މާރާމާރީއާއި ފޭރުމުގެ މައްސަލަތައް ވަނީ މަދުވެފައި : ޕޮލިސް

10:00


ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ފަހަކަން އައިސް ގުރޫޕް ތަކުގެ މާރާމާރީގެ މައްސަތަކާއި ބޮޑެތި އަދަދުތަކުން ފޭރުމުގެ މައްސަލަތައް އިތުރުވުމާ ގުޅިގެން ފުލުހުން މާލެތެރެ ޕެޓްރޯލް ކުރުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ސަބަބުން އެފަދަ ކުއްތައް މިހާރު މަދުވެފައިވާ ކަމަށެވެ.


އަދި ގްރޫޕް ހަދައިގެން އުޅޭ ސަރަހައްދުތައް ޗެކްކުމާއި މަސްތުވާ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހުން ބަލާ ފާސްކުރާއިރު، އެ މީހުންގެ އަތުން މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހި ފެނިފައި ނުވާ ކަމަށް ޝިއާމް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު