އިމާދުއްދީން އާ ރިޔާސަތު ހަވާލު ކޮށް ސްކޫލު ކުދިންގެ ތިމާވެށިގެ ފޯރަމް ނިންމާލައިފި

ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ދެން ބާއްވާ ދެވަނަ ތިމާވެށީގެ ފޯރަމް ހިންގުމުގެ ރިޔާސަތު އިމާދުއްދީން ސްކޫލާއި ހަވާލު ކުރުމަށްފަހު ފުރަތަމަ ފޯރަމް ނިންމާލައިފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ އެ ފޯރަމް ކުރިއަށް އޮތް އަހަރު ބޭއްވުމަށް ރިޔާސަތާ ހަވާލުވުމަށް ފަސް ސޫލަކުން ވަނީ ކުރިމަތިލާފައެވެ. އެގޮތުން ރިޔާސަތަށް ކުރިމަތިލާފައިވަނީ އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ރެހެންދީ ސްކޫލާއި އިސްކަންދަރު ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލެވެ.

ތިމާވެށިގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ: ފަޔާޒު މޫސާފޯރަމްގައި ބައިވެރިވި ސްކޫލުތަކުގެ މެދުގައި ވޯޓުލައިން ފުރަތަމަ ބުރު ވަނީ 12 ވޯޓުން އިމާދުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލު އެއްވަރު ވެފައެވެ. އެއަށް ފަހު ދެވަނަ ބުރުގައި ވޯޓުލައި 25 ވޯޓައެކު 10 ވޯޓުގެ ފަރަގަކުން ރިޔާސަތައް ހޮވުނީ އިމާދުއްދީން އެވެ.

ސްކޫލުތަކުން ކުރިއަށް އޮތް ދެ އަހަރުގައި ތިމާވެށިގެ ގޮތުން ހޭލުންތެރި ކުރުމަށް ކުރާނެ ކަންތަކުގެ ގައިޑްލައިނެއް އެކުލަވާލާ މިއަދުގެ ރަސްމިއްޔާތުގައި ވަނީ އާންމު ކޮށްފައެވެ.

ތިމާވެށިގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ: ފަޔާޒު މޫސާތިމާވެއްޓާ ގުޅެގޮތުން ސްކޫލުތަކުގެ ކުދިންގެ މެދުގައި ހޭލުންތެރި ކުރުމަށް ބޭއްވި އެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރަކު އެވެ.

އިއްޔެ ފެށި އެ ފޯރަމްގައި އަތޮޅުތަކުން 24 ސްކޫލަކުން ބައިވެރި ވެފައިވާއިރު މާލޭގެ 17 ސްކޫލަކުން ވަނީ ބައިވެރި ވެފައެވެ.

ޖުމްލަ 205 ދަރިވަރުން ބައިވެރި ވެފައިވާ އެ ފޯރަމްގައި ތިމާވެއްޓާ ގުޅޭގޮތުން ކޮންމެ ސްކޫލަކުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

comment ކޮމެންޓް