ސީޒަންގެ އެސް ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމް "އަހުޝަމް" ލޯންޗްކޮށްފި

ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ފީޗާ ފިލްމް "އަހްޝަމް" ލޯންކުރުމަށް ސަލްސާގައި މިރޭ ބޭއްވި ހަލްފާގެ ތެރެއިން --- ސަން ފޮޓޯ

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ފީޗާ ފިލްމް "އަހުޝަމް" މިރޭ ލޯންޗްކޮށްފި އެވެ.

މި ފިލްމް ނަން ލޯންޗްކުރުމަށް މިރޭ ސަލްސާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފިލްމް ލޯންޗްކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އައިމިނަތު ޝާޔަން އެވެ.

ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ފީޗާ ފިލްމް "އަހްޝަމް" ލޯންކުރުމަށް ސަލްސާގައި މިރޭ ބޭއްވި ހަލްފާގެ ތެރެއިން --- ސަން ފޮޓޯ

ސީޒަންގެ ހިޔާލެއްގެ މައްޗަށް މަހުދީ އިމާދާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑުމެންބަރު އަހްމަދު ޒަރީރު (ޒައްރަ) ލިޔެފައިވާ ސްކްރީން ޕްލޭއަކަށް އުފައްދާ މި ފިލްމަކީ މުޖުތަމައުގައި ހިނގާ އެކިއެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ތިނެސްކަން ލޯތްބާއި އާއިލީ ދިރިއުޅުމާއި ތަޅާފޮޅާ މަންޒަރުތައް ދައްކުވައިދޭ މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށް އެސް ޕްރޮޑަކްޝަނުން ބުންޏެވެ.

ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖައްސާފައިވާ މި ފިލްމްގެ މެއިން ކަރެކްޓާ "އަހުޝަމް" (ސީޒަން) ގެ އިތުރުން މަޝްހޫރު ތަރި އައިމިނަތު ރިސްފާ އާއި ޒީނަތުގެ އިތުރުން އާރިފާ އަދި ރޯނު ހަަސަން މަނިކު ވެސް ފިލްމްގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.

ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ފީޗާ ފިލްމް "އަހްޝަމް" ލޯންކުރުމަށް ސަލްސާގައި މިރޭ ބޭއްވި ހަލްފާގެ ތެރެއިން --- ސަން ފޮޓޯ

މި ފިލްމް ލޯންޗް ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ފިލްމާ ބެހޭ މައުލޫމާތު މީޑިއާތަކަށް ދެމުން ފިލްމްގެ ޑިރެކްޓަރު އަދި ޕްރޮޑިއުސަރު ސީޒަން ބުނިގޮތުގައި މި ފިލްމްގައި އޭނާ އަދާކުރާ ރޯލަކީ ރާއްޖެ ތެރޭގެ ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެއްގެ ރޯލެވެ. ނަމަވެސް ފިލްމްގެ ސްޓޯރީއާ އަހުޝަމްގެ ކެރެކްޓާ ހާމަކުރުން އަދި މާ އަވަސް ކަމަށް ވެސް ބުންޏެވެ.

"އަހުޝަމްއަކީ އެކްޝަން ލަވް ސްޓޯރީއެކޭ އަޅުގަނޑު ބުނާނީ. މި ފިލްމް އެއް ދިމާލަކަށް ދިއުމުގެ ބަދަލުގައި ވަރަށް ތަފާތު ދިމާތަކަށް އަލިއަޅުވާލެވިގެންދާނެ. ބެލުންތެރިން ބަލައިގެންނާނެ ސަޕްރައިޒިން ކާސްޓިންތަކެއް ވެސް ފިލްމުގެ ތެރެއިން ފެނިގެންދާނެ،" ސީޒަން ބުންޏެވެ.

މިމަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި ފިލްމް، އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ކަމަށް ސީޒަން ބުންޏެވެ.

ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ފީޗާ ފިލްމް "އަހްޝަމް" ލޯންކުރުމަށް ސަލްސާގައި މިރޭ ބޭއްވި ހަލްފާގެ ތެރެއިން --- ސަން ފޮޓޯ

މި ފިލްމް އުފެއްދުމަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މިފިލްމްގެ ޕާޓްނަރުންގެ ތެރޭގައި މޯލްޑިވިއަން، ޑިޖިޓަލް ސްޓޫޑިއޯ، ކޮކާކޯލާ ކޮންޕެނީ، ޓޮމީ އިންޖީނިއަރިން އަދި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީގެ ހިމެނެ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު