މިދިޔަ އަހަރު އޯލެވެލް އިމްތިހާންގެ ޓޮޕްޓެންގައި ހިމެނޭ ދަރިވަރުންނަށް ސްޓޭޖުމަތިން އިނާމު ނުދޭނެ ކަމަށް ދެކެވެމުންދާ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަފީއު މިއަދު 'ސަން' އަށް ވިދާޅުވީ މި އަހަރު ވެސް ކުދިންނަށް އިނާމު ދިނުމުގައި އަމަލުކުރާނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ކަމަށެވެ. އަދި ހުރިހާ ކުދިންނަށް ވެސް އިނާމު ދިނުމަށް ހަމަޖައްސާފައި ވަނީ ސްޓޭޖުމަތިން ކަަމަށް ވެސް ވިދާޅުވި އެވެ.
"ހުރިހާ ކުދިންނަށް ވެސް އިނާމު ދޭނީ ސްޓޭޖްމަތިން އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް،" ޝަފީއު ވިދާޅުވި އެވެ.
މިދިޔަ އަހަރު އޯލެވެލް ޓޮޕްޓެންގައި 400 ވަރަކަށް ކުދިން ހިމެނޭއިރު މިރޭ ދަރުބާރުގޭގައި އޮންނަ ރަސްމިއްޔާތަށް ދަރިވަރުންދާއިރު އެކުދިންގެ އިށީންނަ ގޮނޑިމަތީގައި ސެޓްފިކެޓާއި ޓްރޮފީ ބާއްވާފައި އޮންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބައެއް ކުދިންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ކުދިންނަށް ސްޓޭޖަށް އެރުމަށް ހަމަޖައްސާފައި ވަނީ އެ ވަނައެއް އިޢުލާން ކުރުމުން ޓްރޮފީއާ ސެޓްފިކެޓާ އެކު ގްރޫޕް ފޮޓޮއަކަށް ހުއްޓުމަށް ކަމަށް ވެސް އެ މީޑިއާތަކުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެވޮލޮޕްމަންޓް އޮފިސަރު އިބްރާހިމް އާސިފް ވެސް ވިދާޅުވީ ގޮނޑުމަތީގައި ޓްރޮފީތަކާއި ސެޓްފިކެޓްތައް ބަހައްޓާފައި ހުންނަ ވާހަކަަ އެއީ ހަގީގަތެއް ނޫން ކަމަށެވެ. "ބައެއް މީޑިއާތަކުން އެފަދަ ވާހަކަތަކެއް އަޑު އިވިގެން ހުރިހާ ކުދިންނަށް ވެސް ވާނީ އެސްއެމްއެސްކޮށްފައި ހުރިހާ ކުދިންނަށް ވެސް އިނާމް ލިބޭނީ ސްްޓޭޖްމަތިން ކަމަށް ބުނެ."
"މިރޭގެ ރަސްމިއްޔާތުގައި ހުރިހާ ކުދިންނަށް ވެސް އިނާމުދޭނީ ސްޓޭޖުމަތިން މެހެމާނުންގެ އަތްޕުޅުން، ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑިއިރަށް ރަސްމިއްޔާތު ދެމިގެންދާނެ ކަމަށް އަޅުގަނޑުމެން މި އަންދާޒާކުރަނީ،" އާސިފް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދަތުލަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
comment އިސްލާމް އަލީ
10 year 8 month ago
ސްކޫލް ތަކުގެ އިނާމް ފޮނުވަނީ ޕޯސްޓުން
comment މަރިޔަމް
10 year 8 month ago
އަނެއްކާވެސް އުބަށްޖެހީ! ޑރ މިނިސްޓަރަށް މިނޫންވަރެއް ނުވެއެއްނު!
comment ސަަސަ
10 year 8 month ago
ހަތަރު ފަސް ގަޑި އިރު ގައުމުގެ ރައީސް ތިކަހަލަ ކަމެއްގައި ތާށި ނުކޮށް ރައީސްގެ ޚާއްސަ ސްޕީޗެެެއް ފަހު 30 މިނެޓަށް ސެޓްކުރުމަށް ދަންނަވަން. މިހެން މިދެންނެވީ ރައީސްގެ އެހާ ގިނަވަގުތު ތިކަަމަށް ނުދިނަސް މުޅި ގައުމު ގަބޫލު ކުރޭ ތި ނަތީޖާ ނެރުމުގައި އެމަނިކުފާނުގެވެސް ހިދުމަތް ހިމެނޭކަން.
comment atholhu kudhin
10 year 8 month ago
kithanme molhah kiyeviyas salaamathehneh dhen anna mijeheny male noony musaajakah salaan jahaigen dhaanjeheny beyrah kiyavaagen ais libey musaara kuyyah vassalaam
comment އިބްރާހީމް
10 year 8 month ago
އެންމެ ފަހުން މި ގޯސްވީ ނޫސްވެރިންނާ ދަރިވަރުންނާ ދޯ؟ 5 ރިހާސަލް ބޭއްވި އިރު، ހުރިހާ ރިހާސަލެއްވެސް ބޭއްވީ ހަމައެކނި ފޮޓޯއަށް ހުއްޓިލަން.. ދެން އެންމެ ފަހުން ބޭޒާރުވާން ފެށީމަ އެސް އެމް އެސް ކޮށްލާފަ، ދޮގު ހަބަރެކޯ.. ވަރަށް ތާހިރު...
comment ނަޒޫ
10 year 8 month ago
ދެން ކޮންމެ ކަމަކަށްވެސް ދޮގުވާހަކައެއް ހަދާލާހިތުން ހަމަ ދޮގުތައް ހަދަނީ ކީކޭ ދެން ބުނާނީ
comment މޮޔަ މީހާ
10 year 8 month ago
މި ހުރިހާ ކުދިން ނަކީ 2018 ވޯޓް ލެވޭނެ ކުދިން ކަން ހަދާން އެބަހުރިތަ؟ 10 އަހަރުގެ މަސައްކަތް ބަލައި ނުގަންނަ ކަމުގެ ނިޝާނެއްމީ! މިކުދިން މާދަމާގެ ޒުވާނުންނަށް ހިތްވަރު ދޭ ކޮތަކީ މިއީބާ؟ މިހުރިހާ ކުދިން ގާތަށް 2018 ގައި ދާންޖެހޭނެކަން ކަދުމަ ކޮއްދެން....... ވ.ސަލާމް