ފޯކައިދޫން ވެސް ފުރުޓްފްލައި ފެނިއްޖެ

ފޯކައިދޫގައި އެގްރިކަލްޗާ މިނިސްޓްރީގެ ޓީމެއްް މިއަދު ރަކާތްތެރިވަނީ -- ސަން ފޮޓޯ ފޯކައިދޫ ކައުންސިލް

ށ. ފީވަކުން ފުރުޓް ފްލައި ފެނިގެން ރިޕޯޓްކޮށްފައިވަނިކޮށް އެ އަތޮޅުގެ ފޯކައިދޫން ވެސް ފުރުޓް ފްލައި ފެނިގެން އެގްރިކަލްޗާ މިނިސްޓްރީގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ ރަށު ކައުންސިލްގެ ނައިބް ރައީސް އަހުމަދު އާޝިފް މިއަދު 'ސަން' އަށް ވިދާޅުވީ އެ ރަށުން އެންމެ ފުރަތަމަ ފުރުޓް ފްލައި ފެނިފައި ވަނީ މިދިޔަ ރޯދަ މަސް އައުމުގެ ކުރިން ކަމަށެވެ. ނަމަވެސް މިހާރު އެ ރަށުގައި އަނބާއި ޖަނބުރޯލު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދުވަސް ވަރު އެއެއްޗެހި ނުފެނޭ، އޭރު ފެނުނީ އަނބުގަހާއި ޖަނބުރޯލް ގަހުން،" އާޝިފް ވިދާޅުވި އެވެ.

އާޝިފް ވިދާޅުވީ ފުރުޓް ފްލައި އުޅޭތޯ ބެލުމަށް އެ ރަށް އެގްރިކަލްޗާ މިނިސްޓްރީގެ ޓީމެއް އައިސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މޭވާއެއްގައި ފުރުޓްފްލައި އަޅައިފައި --

ފުރުޓް ފްލައި އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން އެ ގައުމެއްގައި ހައްދާ މޭވާ އާއި ތަރުކާރީއަށް އެންމެ ބޮޑަށް ގެއްލުންދޭ އެއް ސޫތްޕެކެވެ. އޭގެ ސަބަބުން ގަހުން ލިބޭ ގޮވާމުގެ 90 ޕަސެންޓް ނުވަތަ 100 ޕަސެންޓު މޭވާ ބައެއް ފަހަރު ހަލާކުވެގެންދެ އެވެ.

ފުރުޓް ފްލައި ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ، ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެކިވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު