މިވަން ނިއުސްގެ ނަން ރީ ބްރޭންޑްކޮށް "މޯލްޑިވްސް އިންޑިޕެންޑެންޓް"ގެ ނަމަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދު މިއަދު 'ސަން' އަށް ވިދާޅުވީ އެ ނޫހުގެ ނަން ބަދަލުކުރުމުގެ ވިސްނުމަކީ ވަރަށް ކުރިން ވެސް ގެންގުޅެމުން އައި ވިސްނުމެއް ކަަމަށެވެ. އެގޮތުން 2008 ވަނަ އަހަރު މިނިވަން ނޫހާއި މިނިވަން ރޭޑިއޯ އުވާލުމާ އެކު އެ ނިއުސް ހިންގީ އަލުން ރަޖިސްޓްރީކޮށްގެން އާ މެނޭޖްމަންޓެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަހީނާ ވިދާޅުވީ ނަން ރީބްރޭންޑް ކުރީ ގިނަ މީހުންނަށް އެ ނިއުސްއަކީ އަދި ވެސް އެމްޑީޕީއާ ގުޅުމެއް އޮންނަ އެމްޑީޕީގެ އެއްޗެއްހެން ހީވާތީ ކަމަށެވެ. މިނިވަން ނިއުސްގެ ނަން ބަދަލުކުރީ މިނިވަން 50 އާ ވެސް ގުޅުވައިގެން މިދިޔަ މަހުގެ 26 ގަ އެވެ.
"މިނިވަން ނިއުސް އާއި މިނިވަން ރޭޑިއޯ މިއީ މުޅިން ތަފާތު ދެ ޕޮލިސީއެއްގެ ދެ އެއްޗެއް. މުޅިން ވަކި ބަޔަކު މި ދޭތި މިހިންގަނީ. މި ނޫހާއި އެމްޑީޕީއާ އެއްވެސް ގުޅުމެއް ނޯންނާނެ. ނަމަވެސް މިނިވަން ރޭޑިއޯ އަލުން ވުޒޫދަށް އައުމުން ބައެއް މީހުންނަށް ހީވަނީ މިއީ ކުރިން ވެސް ހިންގި މިނިވަން ނޫސްއޭ." ޒަހީނާ ވިދާޅުވި އެވެ.
މިނިވަން ނޫހާއި މިނިވަން ރޭޑިއޯ އަދި މިނިވަން ނިއުސް (އިނގިރޭސި) އަކީ އެމްޑީޕީން 2000ގެ އަހަރުތަކުގައި އެމްޑީޕީ އިން ރިފޯމަށް މަސައްކަތް ކުރި އިރު ވުޒޫދަށް އައިސްފައިވާ މީޑިއާތަކެކެވެ. ނަމަވެސް 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމާ އެކު މިނިވަން ނޫސް (ޕްރިންޓް) އާޢި މިނިވަން ރޭޑިއޯ ވަނީ އުވާލައިފަ އެވެ. ނަމަވެސް އޭރުން ފެށިގެން ވެސް މިނިވަން ނިއުސް (އިނގިރޭސި) ނޫސް އަންނަނީ ހިންގަމުންނެވެ.
comment ޒަފަރު
10 year 8 month ago
އަޅެ މިނަމާދޭތެރޭ ވިސްނާލާފަ ތޯ ކޮމެންޓުކުރީ، މިނަމުގަ މިބުނަނީ މިނިވަން ގަުމެކޭ، މިނިވަން ނޫހެންނޫނޭ މިހާރުމީ
comment ހިނި
10 year 8 month ago
ތި ނޫހެއް މި ޤައުމުގައި ހިންގޭކަމީ މި ޤައުމުގައި ދީނީ މިނިވަންކަން އޮތްކަމުގެ ލާމަސީލު ނަމޫނާއެއް.
comment އަހުމަދުބެ
10 year 8 month ago
އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ
comment އަޙްމަދު މުސާ އިބްރާހިމް
10 year 8 month ago
ޒިނޭކުރި މީހަކު ނުވަތަ ވައްކަންކުރިމީހެއްގެ ނަންބަދަލުކުރުމުން އެމީހާ ސާފްތާހިރުވީތޯއެވެ؟
comment Sikkeena
10 year 8 month ago
adhives faranjee nan thah kiyyaa.. dhivehi bahah ehves gadhareh nukuraa baeh.. ladhu kobaa؟؟
comment ސަމާލް
10 year 8 month ago
ތީ ހިންޏަށް އޮޅުވާލަން ހަކުރުއަޅާ އެތީގައި ލޮނު މިހެން ލިޔުންކަހަލަ ކަމެއް. ހެހެ