ހަގީގީ މިނިވަންކަން ލިބޭނީ އިގުތިސާދީ ގޮތުން ފުދުންތެރި ރައްޔިތުން ދިރިއުޅޭ ގައުމަކަށް ވެގެން: ސިޔާމް

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ---- ސަން ފައިލް ފޮޓޯ

ހަގީގީ މިނިވަންކަން ރާއްޖެއަށް ލިބޭނީ އިގުތިސާދީ ގޮތުން ފުދުންތެރި ރައްޔިތުން ދިރިއުޅޭ ގައުމަކަށް ވެގެން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފާހަގަކުރާ 50 ވަނަ މިނިވަންދުވަހާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމިން އަބްދުލް ގައްޔޫމަށާއި ދިވެހި ރައްޔިތުންނަށާއި އެމްޑީއޭގެ ހުރިހާ މެމްބަރުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގަ އެވެ.

ސިޔާމް ފޮނުއްވި މެސެޖްގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ފުރިހަމަޔަށް ތާއިދު ކުރުންމަތީ ދެމިތިބުމަށް ގޮވާލެއްވި އެވެ. އަދި އޮޅުވާލުމާއި ކެހިވެރި މަކަރުވެރި ރޭވުންތަކުން ދުރުވެ އެކަންކަމާމެދު ސަމާލުވެ ތިބުމަށް ވެސް އެމްޑީއޭގެ ލީޑަރު އިލްތިމާސް ކުރެއްވިއެވެ.

ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ މަތިވެރި ނިއުމަތް ދެމެހެއްޓޭނީ އަޅުގަނޑުމެންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވިގެން ކަމުގައި ސިޔާމް ވިދާޅުވިއެވެ.

މިއަދު ދުނިޔޭގެ ގައުމުތަކުގައި ކަންކަން ހިނގަމުންދާ ގޮތުގެ ސަބަބުން އެގައުމުތަކުގެ މިނިވަންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރި އެގައުމުތަކުގެ ރައްޔިތުން ދިރިތިބުމަށް ނުރައްކާތެރިވެފައިވާ މިންވަރު ކޮންމެ ރައްޔިތަކުވެސް ހަނދާންކުރުމަށް ސިޔާމް އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް