ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ ----- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުތައް ވެސް ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި 30 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.

ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓު އޮފީހުން އިއްޔެ ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އަންގާފަ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު، މިދުވަސްވަރަކީ އީދު ބަންދަށް ރަށްރަށަށް ގިނަ އަދަދެއްގެ ބަޔަކު ފުރަމުންދާ ދުވަސްވަރެކެވެ.

comment ކޮމެންޓް