ސަން ބަދިގެ: ޗިކަން ފްރައިޑް ރައިސް

ބޭނުންވާތަކެތި

  • 3 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)
  • 1 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
  • 1 ސައި ސަމުސާ ލޮނުމެދު އިނގުރު (ޗިސްކޮށްފައިހުރި)
  • 2 ބިސް
  • 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1/2 ޖޯޑު ކެބެޖު
  • 1/2 ޖޯޑު ކެރެޓް (ގާނާފައި ހުރި)
  • 1 ސައިސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައިހުރި)
  • 1/2 ޖޯޑު އަޖިނަމޮޓޯ
  • 1/2 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކުކުޅު މަސް
  • މަޑު މުށި ކުލަ ހިފާވަރަށް ސޯޔާ ސޯސް
  • ރަހަލާވަރަށް ލޮނު
  • ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ،މިރުސް،ކެބެޖް، ކެރެޓް އެއްކޮށް އަޅާފައި މަސްކޮޅު ރޯފިލުމުން ބާކީ ހުރި ހުރިހާ ބާވަތްތައް ފަހަރަކު ބާވަތެއް އަޅާލާފައި ރަހަ ހިފަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ. ރަހަހިފުމުން އުނދުން މަތިން ބާލާށެވެ.

comment ކޮމެންޓް