ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދަޅުވީ ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ ސ. ފޭދޫ، ކަޝްމީރުވާދީ، ޝާރިފް މުހައްމަދު ކަމަށެވެ.
Prez ppoints Mr. Sharif Mohamed (Kashmeer Vaadhee, S.Feydhoo) as the new Media Coordinator at the President's Office pic.twitter.com/0F4WCPORvU
— Ibrahim Muaz Ali (@SpokespersonMV) July 12, 2015 ސްރީލަންކާ އިން މަތީ ތައުލީމް ހާސިލު ކޮށްފައިވާ ޝާރިފް މިހާރު ވެސް އަންނަނީ ފޮރިން ރިލޭޝަންގެ ދާއިރާ އިން މޯލްޑިވްސް ނެޝެނަލް ޔުނިވަސިޓީގައި މަތީ ތައުލީމް ހާސިލް ކުރަމުންނެވެ.
މުއާޒު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޝާރިފް އެމަގާމަށް ހަމަޖެއްސެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާ ރަސްމީކޮށް އޮފީހަށް ނުކުންނަން ފަށާފައި ވަނީ މިއަދު އެވެ.