ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމަށް ބަދަލުކުރައްވައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ލަތީފަށް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާއަކަށް ރައީސް އައްޔަން ކުރެއްވީ ޑރ. އަލީ ފަވާޒް ޝަރީފް އެވެ. އޭނާ މިހާރު ހުންނެވީ ވިލާ ކޮލެޖުގެ އިސްމަގާމެއްގަ އެވެ.
ގައުމީ ޔުނިވާސިޓީގެ ކައުންސިލްއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުން ރައީސް އަށް ދީފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންނަކީ:
- ޔުނިވާސިޓީގެ ޗާންސެލާ
- ޔުނިވާސިޓީގެ ވައިސް ޗާންސެލާ
- ޑެޕިއުޓީ ވައިސް ޗާންސެލާ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް )
- ޑެޕިއުޓީ ވައިސް ޗާންސެލާ (ރިސާޗު އެންޑު އިނޮވޭޝަން )
އެގޮތަށް ބަދަލުގެނައުމާ އެކު ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވަނީ އެ މަގާމުން އިސްތިއުފާދެއްވާފަ އެވެ.