އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓް:
ޝަރުޢީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ޕްލޭންގައި ޔޫއެންޑީޕީއާއެކު ސޮއިކޮށްފި


ޝަރުޢީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އަދި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ހަރުދަނާކުރުމަށްޓަކައި 2008 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ޕްރޮޖެކްޓުގެ ވޯކްޕްލޭންގައި ސޮއިކޮށްފި އެވެ.

ޖުޑީޝަރީގެ ފަރާތުން ޕްރޮޖެކްޓްގައި ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިންއެވެ. ޔޫއެން.ޑީ.ޕީ އާއި ޝަރުޢީ ދާއިރާ ގުޅިގެން ހިންގާ ޕްރޮޖެކްޓްގައި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މރ. އެންޑްރޫ ކޮކްސްއެވެ. ޖުޑީޝަރީގެ އިތުރުން މި ޕްރޮޖެކްޓްގެ ޕާރޓްނަރުންގެ ގޮތުގައި ހިމެނެނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ހޯމް މިނިސްޓްރީއާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޖޭއެސްސީ އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި މި ޕްރޮޖެކްޓްގައި މިއަހަރު ކުރިއަށްގެންދަން ހަމަޖައްސާފައިވާ ޙަރަކާތްތަކުގެ ތެރޭގައި މުހިންމު ޤާނޫނުތައް ޑްރާފްޓްކުރުމާއި، އިންސާނީ ޙައްޤުތަކަށް ފަނޑިޔާރުން އަހުލުވެރިކުރުވުމަށް ތަމްރީނު ދިނުމާއި، ކޭސް މެނޭޖްމަންޓްގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުވައި ދިނުން ހިމެނެ އެވެ.

މިދިއަ ބުދަ ދުވަހު ބޭއްވި ރައްމިއްޔާތުގައި މރ. ކޮކްސް ވިދާޅުވީ ޝަރުޢީ ދާއިރާއާ ހަރުދަނާ ކުރުމަށްޓަކައި، މަސައްކަތްކުރުމަކީ ޔޫއެންޑީޕީގެ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށާއި، ރާއްޖޭގައި މިނިވަން ވަރުގަދަ ޖުޑީޝަރީއެއް ތަރައްޤީކުރުމަކީ އޭގެ ތެރެއިން މުހިންމު އެއް މަޤްސަދުކަމުގައެވެ. ހަމައެއާއެކު މި ޕްރޮޖެކްޓަށް މިއަހަރު އިގިރޭސިވިލާތް، އޮސްޓްރޭލިޔާ އަދި ޖަރުމަންވިލާތުން އެހީދެއްވާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު