ސަން ބަދިގެ: މަސްޓަރޑް ބީފް ކަރީ

ބޭނުންވާތަކެތި

  • 500 ގ. ފިލެޓް ބީފް ( ކުދިކޮށްކޮށާފައި)
  • 3 ފިޔާ ހިމުންކޮށް ކޮށާފައި
  • 5 ރާނބާފަތްކޮޅު ( 2 1/ އިންޗިއަށްބުރިބުރިކޮށްފައިހުރި
  • 1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ( ގާނާފައިހުރި)
  • 1 ގިތެޔޮ މިރުސް ( ކޮށާފައި)
  • 1/2 ޖޯޑު ހަވާދު ( ފުނޑާފައިހުރި)
  • 1 ސައިސަމުސާ މަސްޓަރޑް ކްރީމް
  • 1 ސައިސަމުސާ މުގުރި ދިރި
  • 1/2 ސައިސަމުސާ އަޖިނަމޮޓޯ
  • 1/2 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1/2 ޖޯޑު ކާށިކިރު
  • 1/2 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
  • 1 ދަޅު ޓޮމާޓޯ ޕޭސްޓް ( ކުޑަ)
  • 1 މޭޒުމަތީ ސަމުސާ ވިނިގަރ
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
  • ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާއުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ، ހިކަނދި- ރާނބާ، މިރުސް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ ކިރު ފަޔަވައި ބާކީ ތަކެތި އެއްކޮށްފައި މަޑުގިނީގައި ރޯފިލަންދެން ހަނާކޮށްފައި ކިރު އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

comment ކޮމެންޓް