ސަން ބަދިގެ: ނާސި ގޯރެން

ބޭނުުންވާތަކެތި

  • 4 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)
  • 2 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
  • 4 ހިކިމިރުސް (ބުރި ބުރިކޮށްފައި)
  • 1/3 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކުކުޅު މަސް
  • 1/3 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސޮސެޖް
  • 1/3 ޖޯޑު ހިމުންކޮށް ކޮށާފެނުކައްކާފައި ހުރި ގެރިމަސް
  • 1 ސައި ސަމުސާ ހިމުންކޮށް ކޮށާފައި ހުރިގިތެޔޮ މިރުސް
  • ނުވަތަ ކުކުޅު މަސް2/1 ޖޯޑު ޕްރޯންސް (ފެނުކައްކާފައި ހުރި)
  • 1/2 1 ސައި ސަމުސާ ހުންނަހާ ލޮނުމެދު އިނގުރު (ޗިސްކޮށްފައި ހުރި)
  • 1/2 ސައި ސަމުސާ އަޖިނަމޮޓޯ
  • 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1/2 ޖޯޑު ކެބެޖު (ކޮށާފައި ހުރި)
  • 1/2 ޖޯޑު ލީކްސް (ކޮށާފައިހުރި)
  • 1/2 ޖޯޑު ކެރެޓް (ގާނާފައި ހުރި)
  • 2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 2 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
  • ކުޑަ ލޮނުކޮޅެއް
  • ކުޑަ ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

އުނދުން މައްޗަށް ތަވާ އުދާލާފައި ތަވާ ދޮންވީމާ ތެޔޮފޮދު އަޅާލާފައި ހޫނުވުމުން ފިޔާ، މިރުސް ރޯމިރުސް ކެބެޖު، ކެރެޓް، ލީކްސް އަޅާލާފައި ކުޑަކޮށް މޯޅިވީމާ ފަހަރަކު ބާވަތެއް އަޅާފައި ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ. ރޯފިލުމުން ސޯޔާ ސޯސްއަދި އޮއިސްޓަރ ސޯސް އަޅާފައި ރަހަ ހިފުމުން އުނދުން މަތިން ބާލާފައި ތަށްޓަކަށް އެޅުމަށްފަހު ބިސްގަނޑެއް މައްޗަށް އަޅާފައި ސާރވްކުރާށެވެ.

comment ކޮމެންޓް