ސަން ބަދިގެ: ރޯސް ގްރީން ޕީސް

ބޭނުންވާތަކެތި

  • 1 ދަޅު ގްރީން ޕީސް( 450 ގ. )
  • 2 ފިޔާ ( ހިމުންކޮށް ކޮށާފައ)
  • 2 ލޮނުމެދު ( ގާނާފައި)
  • 2 / 1 ސައިސަމުސާ އަޖިނަމޮޓޯ
  • 1 މޭޒުމަތީ ސަމުސާ ހަވާދު
  • 300 ގ . އަލުވި ( ކުދިކޮށް ކޮށާ ފެނުކައްކާފައި)
  • 1 ސައިސަމުސާ މުގުރި މިރުސް
  • 2 ހިކަނދިފަތް
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 4 ރާނބާފަތްކޮޅު ( 2 / 1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
  • ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، މިރުސް، ހިކަނދިފަތް ރާނބާފަތް، އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމާ އަލުވިކޮޅު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާފައި ރޯފިލުމުން އަލުވިކޮޅު އެއްކޮށްލާފައި 1 މިނިޓް ވީމާ އުނދުންމަތިން ބާލާށެވެ.

comment ކޮމެންޓް