ތުލުސްދުއާ ފުނަދޫގެ މައްސަލައިގައި "މައުމޫން ފެކްޝަން" މިރޭ މުޒާހަރާއަށް ނުކުންނަނީ

ކ. އަތޮޅު ތުލުސްދު އާއި ށ. ފުނަދޫއަށް، އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލްގެ އިދާރާ ބަދަލުކުރަން ނިންމުމާ ގުޅިގެން އެ ކަމަށް ސަރުކާރުން ހުރަސްއަޅަމުންދާތީ ޑީއާރުޕީގެ މައުމޫން ފެކްޝަނުން މިރޭ މާލާގައި މުޒާހަރާކުރަން ތައްޔާރުވަމުން އެބަދެ އެވެ.

މައުމޫން ފެކްޝަންގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ ސަރުކާރުން ގާނޫނުތަކާއި ހިލާފަށް ގާނޫނީ ގޮތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މަސައްކަތަށް ބާރު ބޭނުންކޮށްގެން ހުރަސްއަޅަމުން ގެންދާތީ އެކަންތައްތައް ހުއްޓައިލުމަށް ސަރުކާރަށް ގޮވާލަން ބާއްވާ މުޒާހަރާ ފަށާނީ މިރޭ 9:00 ޖަހާއިރު އާޓިފިޝަލް ބީޗުންކަމަށެވެ.

މިރޭގެ މުޒާހަރާގައި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންގެ އިތުރުން ޕީއޭވެސް ބައިވެރިވާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރޭގެ މުޒާހަރާގައި ސަރުކާރުން ކުރާ ގާނޫނީ އަމުރުތަކަށް ތަބާ ނުވާ ފުލުހުން ގެޔަށް ފޮނުވާލައި ސަސްޕެންޑް ކުރަމުން ދާތީ އެކަމާ ބެހޭ ގޮތުން ވެސް ޝުއޫރު ފާޅުކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު