މެންޗެސްޓާގެ މައްޗަށް ކުރި ހޯދައިގެން ޗެލްސީ ހަތަރަކަށް

ޓޭބަލުގެ ކުރީގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ފަހަތުން އަރައި 2-1 އިން ބަލިކޮށް އިނގިރޭސި ލީގުގެ ހަތަރު ވަނަ އަށް ޗެލްސީ ޖެހިލައިފި އެވެ.

ވޭން ރޫނީގެ ލަނޑުން މެންޗެސްޓާ ލީޑު ހޯދާފައިވަނިކޮށް ޗެލްސީ އަށް ހަމަހަމަކޮށްދިނީ ޑޭވިޑް ލުއިޒް އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ބެންފީކާއިން 25 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވި ބްރެޒިލް ޑިފެންޑަރު ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ނަމަވެސް އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ ފެނާންޑޯ ޓޮރޭޒަށް މި މެޗުގައި ވެސް ލަނޑެއް ނުޖެހުނެވެ. ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ ޕެނަލްޓީއަކުން ފްރޭންކް ލަމްޕާޑެވެ. ނަމަވެސް މެޗު ނިމުމުގެ ކުރީން މެންޗެސްޓާގެ ކެޕްޓަން ނިމެންޖާ ވިޑިކަށް ރަތްކާޑު ދެއްކި އެވެ. އެއީ ޗެލްސީގެ ރެމީރޭޒް ވައްޓާލުމާ ގުޅިގެންނެވެ. ނަމަވެސް މި ސީޒަނުގައި މިހާތަނަށް 10 ޕެނަލްޓީ ދީފައިވާ ރެފްރީ ވަނީ މި ފައުލަށް ޕެނަލްޓީ ނުދީފަ އެވެ.

މި މެޗުން މޮޅުވުމުން މެންޗެސްޓާ އަށް 28 މެޗުން 60 ޕޮއިންޓް ލިބޭއިރު 27 މެޗުން ޗެލްސީ އަށް ލިބެނީ 48 ޕޮއިންޓެވެ. އަދި މި ނަތިޖާގެ ސަބަބުން ދެ ވަނާގައިވާ އާސެނަލް އަށް ވަނީ މެންޗެސްޓާއާ އެއްޕޮއިންޓަށް ލީޑު ހަނިކުރަން ފުރުސަތު ލިބިފަ އެވެ. އެ ޓީމަށް 27 މެޗު ކުޅެގެން މިހާރު ލިބިފައވަނީ 56 ޕޮއިންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު