ފުނަދޫގައި ތިބި ފުލުހުންނަށް ފިހާރަތަކުން އެއްވެސް އެއްޗެއް ނުވިއްކުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފި

ށ. ފުނަދޫން: ހުސައިން ހަސަން

މިރަށުގެ ފިހާރަތަކުން ފުލުހުންނަށް ވިޔަފާރީގެ މުއާމަލާތްތައް ނުކުރަން ނިންމި ނިންމުން ރައްޔިތުން އަނބުރާ ގެންގޮސްފި އެވެ.

މިރަށުގައި ތިބި 50 ވުރެ ގިނަ ފުލުހުން ށ. އަތޮޅު ކައުންސިލް އިދާރާ ހިސޯރަ ކުރުމަށް މަސައްކަތް ކުރާ ކަމަށް ރޭ އިރާކޮޅު އަޑު ފެތުރެން ފަށާފައި ވަނިކޮށް، ކައުންއުންސިލް އިދާރާގެ ދޮށުގައި ރައްޔިތުން ފާރައަށް ތިއްބައި ރޭ މެންދަމު 12:00 އުޅެނިކޮށް ފުލުހުން ކުއްލިއަކަށް ކައުންސިލް އިދާރާއަށް ވަދެ ގަތުމުން، ރައްޔިތުންގެ ލޭ ހޫނުވެ ބުނަމުންދިޔައީ ފުލުުހުންނާއެކު ވިޔަފާރީގެ މުއާމަލާތައް ދެން ނުކުރާނެ ކަމަށެވެ. އަދި ފުލުހުން ތަބާވަނީ އައިރު ގާނޫނީ އަމުރަކަށް ކަމަށް ވުމާއެކު، އެ އަމުރު ކުރި ފަރާތުން ފުލުހުންނަށް ކާންބޯން ދިނުމާއި ވިޔަފާރީގެ މުއާމަލާތް ކުރާނެ ކަމަށެވެ.

ނަމަވެސް ފުލުހުން ކައުންސިލްގެ އިދާރާއަށް ވަނީ އަތޮޅު ކައުންްސިލްގެ ރައީސް މޫސާ ފަތުހީއާ ބައްދަލުކުރަންކަން އެގުނު ހިސާބުބް ރައްޔިތުން ހަމަޖެހުނެވެ. އަދި ކައުންސިލްގެ ބައްދަލުވުމުގައި އެ އިދާރާ "މިވަގުތައް" ހިސޯރަ ނުކުރާނެ ކަމަށް ފުލުހުން ޔަގީން ކޮށްދިން ކަމަށް މޫސާ ފަތުހީ ވިދާޅުވި އެވެ.

ދެތިން ގަޑިއިރަށް ފަހު ރައްޔިތުން ހަމަޖެހި އަނެއްކާ ވެސް ފުލުހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ނިންމުން ރުޖޫއަ ކުރި އިރު ފިހާރަތައް ވަނީ ބަންދު ވެސް ކޮށްފަ އެވެ.

ނަމަވެސް މިއަދުގެ ހެނދުނު ފުލުހުންނަށް އަނެއްކާވެސް ވިޔަވާރި ކުރުމުގެ މަގުވަނީ ތަނަވަސް ވެގެން ގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު