ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗްގައި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޮވޯކް ޖޮކްވިޗް ތިން ސެޓް އެއް ސެޓުން ބަލިކޮށް ސްޓަން ވަވަރިންކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އާދިއްތަ ދުވަހު ކުޅުނު މުބާރާތުގެ ފައިނަލް މެޗް ވަވަރިންކާ ކާމިޔާބު ކުރީ ފުރަތަމަ ސެޓް ޖޮކޮވިޗް ކާމިޔާބުކޮށްފައި ވަނިކޮށެވެ.
ފުރަތަމަ ސެޓް ޖޮކޮވިޗް ކާމިޔާބު ކުރީ 6-4 ންނެވެ.
ދެ ވަނަ ސެޓް ވަރިންކާ 6-4 ން ކާމިޔަބު ކުރިއިރު ތިން ވަނަ ސެތް ކާޟިޔަބު ކުރީ 6-3 ންނެވެ. އަދި އެންމެ ފަހު ސެޓް ކާމިޔަބު ކުރީ 6-4 ންނެވެ.
ސްވިޒަލޭންޑްގެ ވަވަރިންކާ މޮޅުވުމުން އޭނާ ވަނީ ޖޮކޮވިޗް ބަލިނުވެ 28 މެޗް ފުރިހަމަ ކުރުމަށް ކަނޑައެޅި އަމާޒަށް ނިމުން ގެނެސްފަ އެވެ.
ގުރޭންޑް ސްލޭމްގެ ހަތަރު މުބާރާތް ކާމިޔާބު ކުރި އަށް ވަނަ ކުޅުންތެރިޔާއަށް ވުމަށް އަމާޒު ކަނޑައަޅައިގެން ހުރި ޖޮކޮވިޗަށް ވަނީ މިމުބާރާތް ކަމިޔަބު ނުކުރެވުމުން އެކަންވެސް ހާސިލް ކުރެވޭ ގޮތް ނުވެފަ އެވެ.
ޖޮކޮވިޗް ވަނީ ފްރެންޗް އޯޕަންއަށް ތައްޔަރުވުމަށް މިދިޔަ މަހު ކުރީ ކޮޅު ބޭއްވި ބާސެލޯނަ އޯޕަން ޓެނިސް މުބާރާތުގައި ބައިވެރިވުމަށް ފަހު ވެސް ނަން އަނބުރައި ގެންގޮސްފަ އެވެ.