ފުނަދޫ ހަމަނުޖެހުމުގެ ހަތަރުވަނަ ދުވަސް:
ފުނަދޫ ރައްޔިތުން އުފާ ފާޅުކުރުމުގައި

17:48 މުޅި ފުނަދޫގައި ރައްޔިތު އެންމެ ކުޑަކުދިންނާއި އަންހެނުންނާއިއެކު ދަނީ އުފާފާޅު ކުރަމުންނެވެ. ކުޑަކުދިންނާއި އަންހެނުން ދަނީ ފުލުހުންނާ ވާހަކަ ދައްކާ ސަލާމް ކުރަމުންނެވެ. މުޅި ކައުންސިލް އިދާރާގެ ވަށައިގެން ބެހެއްޓީ ޖޯލި ފަތިތައް ދުރުކޮށް ގައުމީ ދިދަ ޖަހައި ފުލުހުން ތަޅު އެޅުވި ދޮރާށި ވެސް މިޙާރު ވަނީ ހުޅުވާފައެވެ.

http://sun.mv/albums/l_287.jpg

16:16 ތުލުސްދުއާއި ފުނަދޫ ކޯޓުގް އަމުރު ރަނގަޅު ކަމަށް ހައިކޯޓުން ނިންމުން ފުނަދޫ ރައްޔިތުން އުފާ ފާޅު ކުރަމުން އެބަދެ އެވެ. އަދި ފުނަދޫއަކީ އަމާންތަނަކަށް ހަދައިދިނުމަށް އެރަށުގައި ތިބި ފުލުހުންގެ ފައުޖުތަކަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ. ފުނަދޫގައި ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްގެ އިދާރާ ކައިރިއަށް ޖަމާކޮށްފައިވާ ކައްކާ ކެއުމުގެ ސާމާނުތަކާއި ޖޯލިފަތިތައް ވެސް ނަގައި އެ ސަރަހައްދު ސާފުކުރަން ވެސް ފަށައިފި އެވެ.

14:48 ފުނަދޫ ކޯޓާއި ތުލުސްދޫ ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ މިއަދު ނިންމާ ކަމުގެ ހަބަރު ފުނަދޫއަށް ލިބުމުން ރައްޔިތު އެންމެން ތައްޔާރީ ހާލަތަކަށް އައިސް ކައުންސިލް އިދާރާގެ ކުރިމައްޗަށް ޖަމާވެއްޖެ އެވެ. ފުލުހުން ވެސް ތިބީ ތައްޔާރީ ހާލަތުގަ އެވެ. ހުރިހާ ދިމާއަކުން ވެސް ފެންނީ މީހުންގެ އަވަސް ހަރަކާތްތަކެވެ. ހައިކޯޓުގައި އޮތް މައްސަލައަށް ކުޑައިރުކޮޅެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ހައިކޯޓުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.

14:48 ޑީއާރްޕީން ފުނަދޫއަށް ދިޔަ ވަފުދުގެ ބައެއް މެންބަރުން ފުރައިފި އެވެ. މިވަގުތު ފުނަދޫ އޮތީ ހަމަހިމޭން ކޮށެވެ. ހަމަނުޖެހުންތަކުގެ އެއްވެސް ހަރަކާތެއް ނުހިނގަ އެވެ. ފުލުހުންވެސް އެކި ސަރަހައްދުތަކުގައި އެބަތިއްބެވެ. އެންމެވެސް އިންތިޒާރު ކުރަނީ ހައިކޯޓުން ހުކުމެއް ކޮށްފާނެ ކަމަށެވެ. ހައިކޯޓުގައި އޮތް މައްސަލަ ހުކުމް ކުރާ ކަމެއް ނޫން ކަމެއް އަދި ސާފުވެފައެއް ނުވެ އެވެ.

http://sun.mv/albums/l_284.jpg

14:00 ފުނަދޫ ރައްޔިތުންނާ ދާދި ދެންމެއަކު ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ބައްދަކު ކުރައްވައިފި އެވެ. އޭނާ ދެއްކެވި ވާހަކައިގެ މައިގަނޑަކީ އުފެދިފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑަ ނާޅަނީސް އެހެން ކޯޓަކުން ކުރާ އަމުރަކަށް އަމަލު ނުކުރުމަށެވެ. އަދި ބުނީ ރައްޔިތުން މަޖިލީސް މާދަމާ ފަށާއިރު ހޯމް މިނިސްޓަރު އަފީފަށް މަޖިލީހުން ރުހުން ނުދޭން ނިންމާފައިވާ ކަމަށާއި ޑީއާރްޕީ އޮތީ ފުނަދޫ ރައްޔިތުންނާއެކު ކަމަށެވެ.

Listen!

12:21 ފުނަދޫގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިވަގުތު އެއްވެސް ހަރަކާތެއް ނެތެވެ. ރައްޔިތުން ކައުންސިލް އިދާރާގެ ކައިރީއަށް ޖަމާވެ، އިއްޔެއެކޭ އެއް ގޮތަށް ފުލުހުންގެ ހަރަކާތްތަކަށް ފާރަވެރިވެގެން ތިބީ އެވެ. ފުލުހުން ވެސް އެމީހުން ތިބި ސަރައްދުގައި މަޑުކޮށްލައިގެން އަމަން ބެލެހެއްޓުމުގައި ގާއިމުވެ ތިބީ އެވެ. ކައުންސިލަރުން އިދާރާގެ ތެރޭގައި މަސައްކަތް ކުރަމުން އެބަދެ އެވެ. މިވަގުތު އެންމެންވެސް ތިބީ މި މައްސަލަތަކާ ގުޅިގެން މާލޭގައި ފެށިފައިވާ ޝަރުއީ މަރުހަލާއިން ނިމޭ ގޮތެއްގެ އިންތިޒާރުގަ އެވެ.

10:15 ފުނަދޫގައި ފުލުހުންނަށް ކެއުމުގެ ހިދުމަތްދޭ ފަރާތް ކަމަށްވާ "ލީފް ގާޑްން" އިން ބައެއް އޯޑަރުތައް ބަލައި ނުގަނެ ދޫކޮށްލައިފި އެވެ. އެ ހޮޓަލުގެ އިސް މީހަކު ބުނީ ފުލުހުން މިއަދު 130 މީހުންގެ ކޮއްތަށް އޯޑަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު ބަލައި ގަނެވެން އޮތީ 105 މީހުންގެ އޯޑަރު ކަމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

http://sun.mv/albums/l_280.jpg

ހޮޓަލުން ބުނީ ގިނަ އަދަދެއްގެ ފުލުހުންނާއި އާންމުންނަށް ކޭޓާ ކުރުން އުނދަގޫވެފައިވާ ކަމަށާއި އެންމެނަށް ކެއިން ބުއިމުގެ ހިދުމަތް ދޭން ބަލާއިރު ފުނަދޫގެ ހާލަތު ހުރި ގޮތުން ހިދުމަތް ފޯރުކޮށްދެވެން ނެތީ ކަމަށެވެ.

9:48 އަތޮޅު ކައުންސިލް އިދާރާގެ ކައިރީގައި ރައްޔިތުން ތިބި ނަމަވެސް އެ ސަރަައްދުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. ފުލުހުން ވެސް މަޑުކޮށްލައިގެން އެބަތިއްބެވެ.

9:24 ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމް ފުނަދޫއަށް ނުދާ ގޮތަށް ނިންމައިފި އެވެ. އެ ކޮމިޝަންގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ ކޮމިޝަނުން ނިންމާފައި ވަނީ މާލޭގައި ތިބެ މައްސަލައާބެހޭ ގޮތުން ވާހަކަތަކެއް ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

http://sun.mv/albums/l_282.jpg

9:16 ފުނަދޫގައި މިހާރު ކައުންސިލް މެންބަރުންގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދެ އެވެ. ފުލުހުންގެ ފޯރިމެރުމުގެ ހަރަކާތައް މިހާރު ވަނީ ފަށައިފަ އެވެ.

9:07 ފުނަދޫގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމެއް ފުނަދޫއަށް ދާ ކަމުގެ މައުލޫމާތު އެ ރަށުން އެބަލިބެ އެވެ. އެނގިފައިވާ ގޮތުގައި ޓީމް މާލެން ފުރަނީ މިއަދު ދިހައެއް ޖަހާއިރު އެވެ. ނަމަވެސް މިކަމާބެހޭ މައުލޫމާތެއް އެ ކޮމިޝަކުން އަދި ނުލިބި އެވެ. ފުނަދޫގައި މިވަގުތު ޑީއާރުޕީގެ ޓީމެއް ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.

8:36 ރެއިން ފެށިގެން މަގުމަތީގައި ސަތަރި އަޅައިގެންނާއި ޖޯލިތަކުގައި ނިދާފައި ތިބި އަންހެނުންނާއި ފިރިހެނުން، މިއަދު އަރައިގެން އައި އިރުގެ ހޫނާއެކު ތެދުވެގެން އަނެއްކާވެސް މިރަށުގައި ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްގެ އިދާރާއާ ކައިރިއަށް ޖަމާވާން ފަށައިފި އެވެ. ފުލުހުންގެ ފައުޖުތަކުގެ މާ ބޮޑު ހަރަކާތެއް އަދި ނުފެނެ އެވެ. ކުރީގެ އަތޮޅު ގޭގައި ތިއްބަވާ ކައުންސިލަރުން އޮފީހަށް ވަޑައިގަތުމަށް ދަނީ ތައްޔާރުވަމުންނެވެ. ރަށުތެރޭގައި އަދި މާ ބޮޑު ހަލަބޮލި ކަމެއް ނެތެވެ.

http://sun.mv/albums/l_279.jpg

ފުނަދޫ ފިހާރަތަކުން ފުލުހުންނަށް ވިޔަފާރީގެ މުއާމަލާތްތައް ނުކުރަން ނިންމި ނިންމުން ރައްޔިތުން އަނބުރާ ގެންގޮސްފި އެވެ. ފުނަދޫގައި 50 ވުރެ ގިނަ ފުލުހުން ށ. އަތޮޅު ކައުންސިލް އިދާރާ ހިސޯރަ ކުރުމަށް މަސައްކަތް ކުރާ ކަމަށް ރޭ އިރާކޮޅު އަޑު ފެތުރެން ފަށާފައި ވަނިކޮށް، ކައުންއުންސިލް އިދާރާގެ ދޮށުގައި ރައްޔިތުން ފާރައަށް ތިއްބައި ރޭ މެންދަމު 12:00 އުޅެނިކޮށް ފުލުހުން ކުއްލިއަކަށް ކައުންސިލް އިދާރާއަށް ވަދެ ގަތުމުން، ރައްޔިތުންގެ ލޭ ހޫނުވެ ބުނަމުންދިޔައީ ފުލުުހުންނާއެކު ވިޔަފާރީގެ މުއާމަލާތައް ދެން ނުކުރާނެ ކަމަށެވެ. އަދި ފުލުހުން ތަބާވަނީ އައިރު ގާނޫނީ އަމުރަކަށް ކަމަށް ވުމާއެކު، އެ އަމުރު ކުރި ފަރާތުން ފުލުހުންނަށް ކާންބޯން ދިނުމާއި ވިޔަފާރީގެ މުއާމަލާތް ކުރާނެ ކަމަށެވެ.


http://sun.mv/albums/l_272.jpg

1:18 މިހާރު މުޅި ރަށް އޮތީ ހަމަހިމޭންވެފައެވެ. ކުރިއެކޭވެސް އެއް ގޮތަށް އެއްބަޔަކު ފޯރިއަށް ތިބުމަށް ފަހު އެނެއްބައި މީހުން މަގުމަތީގައި ނިދަން އޮށޯވެއްޖެ އެވެ. ހޭލާ ތިބި މީހުން ތިބީ ފުލުހުންގެ ހަރަކާތްތަކަށް ފާރަވެރިވެގެނެވެ. ފުލުހުހުންގެ ސަފުތައް ވެސް އެކި ދިމަދިމާގައި އެބަތިއްބެވެ. މަގުމަތީގައި ނިދާފައި ތިބި މީހުގެ ތެރޭގައި އަންހެނުން ވެސް އަދި ވަރަށް އުމުރުން ދުވަސްވީ މީހުން ވެސް އެބަތިއްބެވެ. މުޅި ރަށް ވެސް ވަރަށް ހިމެނޭނެވެ.

http://sun.mv/albums/l_278.jpg

12:41 ފުނަދޫގައި ގާއިމުވެގެން ތިބި ފުލުހުންގެ ފައުޖުތަކަށް ވިޔަފާރީގެ މުއާމަލާތް ކުރުން މިރެއިން ފެށިގެން ހުއްޓާލައިފި އެވެ. އެއްވެސް ފިހާރައަކުން ވެސް ހޮޓަލަކުން ވެސް ފުލުހުނަށް އެއްބާރުލުން ދީ ވިޔަފާރި ނުކުރުމަށް ވަނީ ނިންމާފަ އެވެ.

http://sun.mv/albums/l_277.jpg

"ފުލުހުންނަށް މުއާމަލާތް ކޮށް ހަދަނީ އެންމެ ތަނަކުން އެއީ ފުލުހުންގެ މަޒުކަޒުގެ ކުރިމަތިން ހުންނަ ސައި ވިއްކާ ހޮޓަލަކުން. ފުލުހުންގެ ކެއިން ބުއިން އޮތީ އެތާނގައި އެނޫން އެއްވެސް ތަނަކުން ފުލުހުންނާ މުއާމަލާތް ކުރުން ވަނީ ހުއްޓާލާފައި" ފުނަދޫގައި ހުރި ސަންގެ ނުސްވެރިޔާ ބުންޏެވެ.

http://sun.mv/albums/l_274.jpg


12:18ފުނަދޫގެ ހަމަނުޖެހުންތަކުގެ ހަތަރުވަނަ ދުވަހެއް ފަށާފައިވާއިރު ރައްޔިތުން ވަނީ އެމީހުންގެ އެއްވުންތަކަށް ހާއްސަ ނަމެއްގެ ގޮތުގައި "ރައްޔިތުންގެ ތަހުރީރު އެއްވުން" ކިޔައި ނަންދީފަ އެވެ. ތަހުރީރު އެއްވުން ދޫކޮށް ނުދާނެ ކަމަށާއި ފަސްޖެހެން ބޭނުން ނުވާ ކަމަށް ރައްޔިތުން ތަކުރާރުކޮށް މިވަގުތު ވެސް ދަނީ ބުނަމުންނެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން މިވަގުތު ވެސް ހޭލައި މަގުމަތީގައި އެބަތިއްބެވެ.

http://sun.mv/albums/l_275.jpg

ފުލުހުންނާއި އަތޮޅު ކައުންސިލްގެ މެންބަރުން ދެންމެ ބޭއްވި ބައްދަލުވުން އޮއްޓަރެއް ފައިދާ ނުވެ ނިމިއްޖެ އެވެ. ކައުންސިލްގެ ރައީސް މޫސާ ފަތުހީ އެއީ "އޭނާއާ ރައްޔިތުން ނިދިޔަ ނުދޭން ބޭއްވި ބައްދަލުވުމެއް" ކަމަށައި އެމީހުން ބޭނުން ވަނީ ކައުންސިލް އިދާރާގެ ތަޅުދަނޑި ކަމަށެވެ.
"މި ސަރުކާރަކީ ތަޅުދަނި ފަތީގެ ސަރުކާރެއް. ތަޅު އަޅުވާނެ ތަޅުދަނޑިފަތި އަތުލާނެ" މޫސާ ފަތުހީ އާދަމް ވިދާޅުވި އެވެ.

Listen!

ބައްދަލުވުމަށް ފަހު ދެންމެ މޫސާ ފަތުހީ ދެއްވި އިންޓަވިއުގައި ވިދާޅުވީ މާދަމާވެސް ކައުންސިލްގެ އިދާރާ ހުޅުވާނެ ކަމަށާއި ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައް ވިޔަ ނުދޭނެ ކަމަށެވެ. ރޭގަނޑުގެ ނިދި ނަގާލުމަށްފަހު ރައްޔިތުން ހުރިހާ ކަމެއް ދޫކޮށް މަގުމައްޗަށް ނުކުމެ ތިބީ އެބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

http://sun.mv/albums/l_273.jpgފުނަ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު