ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްގައި ދުނިޔޭގެ ދެ ވަނަ އަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ސްވިޒަލޭންޑްގެ ރޮޖާސް ފެޑްރާ އޭނާގެ އަމިއްލަ ގައުމުގެ ވާދަވެރިޔާ ސްޓޭން ވަވަރިކާ އަތުން ސީދާ ތިން ސެޓުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ސެޓް ވަރިންކާ ކާމިޔާބު ކުރީ 6-4 ގެ ނަތީޖާއަކުންނެވެ. އަދި ދެ ވަނަ ސެޓް 6-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު ވަރަށް ވާދަވެރިކޮށް ދިޔަ ތިން ވަނަ ސެޓް ކާމިޔަބު ކުރީ 7-6 ގެ ނަތީޖާއަކުންނެވެ.
ފްރެންޗް އޯޕަން 2009 ވަނަ އަހަރު ކާމިޔާބުކުރި ފެޑްރާއަކީ ޑާވިސް ކަޕްގެ ޑަބަލް އިނިންގްސްގައި ވަވަރިންކާގެ ޓީމް މޭޓެވެ.
ދުނިޔޭ ނުވަ ވަނަ އަށް ރޭންކު ކުރެވިފައިވާ ވަވަރިންކާ ސެމީ ފައިނަލްގައި ބައްދަލު ކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ފްރާންސްގެ ޖޯ ވިލްފާޑް ޓޮސެންގާއާ ދެކޮޅަށެވެ.
ވިލްފާޑް ސެމީ ފައިނަލަށް ދަތުރު ކުރީ ދުނިޔޭގެ ފަސް ވަނައަށް ރޭންކްކޮށްފައިވާ ޖަޕާނުގެ ކައި ނިޝްކޯރީ ތިން ސެޓް ދެ ސެޓުން ބަލިކުރުމަށް ފަހުގައެވެ.
ފުރަތަމަ ސެޓް 6-1 ގެ ނަތީޖާއަކުން ދެ ވަނަ ސެޓް 6-4 ގެ ނަތީޖާއަކުން މޮޅުވިއިރު ތިން ވަނަ ސެޓުން ނިޝްކޯރީ މޮޅުވީ 6-4 ގެ ނަތީޖާއަކުންނެވެ. އަދި ފަސް ވަނަ ސެޓުން މޮޅުވީ 6-3ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވި ސެޓް ވިލްފާޑް ކާމިޔާބު ކުރީ 6-3 ގެ ނަތީޖާއަކުންނެވެ.
މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ ކްއާޓާ ފައިނަލް މެޗްތަކުގެ ތެރެއިން ސްޒާން ލޭންގްލެން ޚޯތްގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދުނިޔޭގެ ތިން ވަނަ އަށް ސީޑްކޮށްފައިވާ އިނގިރޭސި ވިލާތުގެ އެނޑި މުރޭއާއި ހަތް ވަނަ އަށް ސީޑްކޮށްފައިވާ ޑޭވިޑް ފެރާރޭއާ ދެކޮޅަށެވެ.
ފިލިޕް ޗެޓްރިއާ ކޯޓުގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވޯކް ޖޮކްވިޗާއި ނުވަ ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފޭލް ނަޑާލްއެވެ. މި ދެމެޗްވެސް ކުލެން ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ ރޭ 7:00 ގައެވެ.