މެޑްރިޑް އޯޕަންގެ ފައިނަލަށް ނަޑާލްއާއި މުރޭ

ރަފޭލް ނަޑާލް (ކ) އާއި އެންޑީ މުރޭ --- ފޮޓޯ/ ޔޫއެސްއޭ ޓްޑޭ

މެޑްރިޑް އޯޕަން މާސްޓާސް ޓެނިސް މުބާރާތުގެ ފައިނަލްގައި ސްޕޭންގެ ރަފޭލް ނަޑާލްއާ އިނގިރޭސި ވިލާތުގެ އެންޑީ މުރޭ ވާދަކުރަން ޖެހިއްޖެއެވެ.

ދުނިޔޭގެ ތިން ވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ މުރޭ ފައިނަލަށް ދަތުރުކުރީ ފަސް ވަނައަށް ސީޑް ކުރެވިފައިވާ ޖަޕާނުގެ ކައި ނިޝްކޯރީ ދެ ސެޓުން ބަލިކުރުމަށް ފަހުގައެވެ. ފުރަތަމަ ސެޓް 6-3 ޕޮއިންޓުން މޮޅުވިއރު ދެ ވަނަ ސެޓުން މޮޅުވީ 6-4 ޕޮއިންޓުންނެވެ.

ހަތަރުވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރަފޭލް ނަޑާލް ފައިނަލަށް ދިޔައީ ޗެކް ރިޕަބްލިކްގެ ތޯމަސް ބާޑިޗް ދެ ސެޓުން ބަލި ކުރުމަށްފަހުގައެވެ.

ފުރަތަމަ ސެޓް ނަޑާލް 7-6 ގެ ވާދަވެރި ނަތީޖާއަކުން ކާމިޔާބުކުރިއިރު ދެވަނަ ސެޓް ނާޑާލް ކާމިޔާބުކުރީ ފަސޭހަކާމާއެކުއެވެ. އެގޮތުން ދެ ވަނަ ސެޓް ނަޑާލް ކާމިޔާބު ކުރީ 6-1 ޕޮއިންޓް ނަތީޖާއަކުންނެވެ.

ފައިނަލް މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން މުރޭ ބުނީ ނަޑާލްއާއެކު ކުޅޭ ފައިނަލް މެޗަކީ ވަރަށް އުނދަގޫވާނެ މެޗެއް ކަމަށާއި އަދި ނަޑާލްގެ އަމިއްލަ ގައުމުގައި ކުޅޭއިރު އޭނާ (މުރޭ) އަށް އޮތް ޕްރެޝަރ ބޮޑުވާނެ ކަމަށެވެ.

މިމުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ނާޑާލްއެވެ. އޭނާ ވަނީ ހަތް ފަހަރު ފައިނަލްގައި ކުޅެ ހަތަރު ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައެވެ. މިފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފިނަމަ ޖެހިޖެހިން ތިން ފަހަރަށް މިމުބާރާތް ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔަކަށް އޭނާ ވާނެއެވެ.

މިމުބާރާތް މުރޭ ކާމިޔާބުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2006 ވަނަ އަހަރުގެ މުބާރާތެވެ.

comment ކޮމެންޓް