ފަސް ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޢާއިޝަތު ފައިނާޒު ހޯދައިފިއެވެ.
ފައިނަލްގައި ފައިނާޒް ބައްދަލު ކުރީ އާމިނަތު ވިޝާމްއާ ދެކޮޅަށެވެ. އެބައިން ތިން ވަނަ ހޯދީ އާމިނަތު ނިފާށާއެވެ.
މުމުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިސްމާޢީލް އަޒްމީން އާއި ވާދަކޮށް ޗެމްޕިއަންކަން ހޯދީ ޙުސައިން ނިޝާމްއެވެ.
ޑަބަލްސް އިނިންގްސްއިން ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޙްމަދު ޙާމިދުއާއި ޢަލީ ޙަސަން އެވެ. އެ ދެ ކުޅުންތެރިން ބައްދަލުކުރީ ޙަސަން ނާޒިމްއާއި އިބްރާހިމް ލިފާއުއާ ދެކޮޅަށެވެ.
މިބައިން ތިން ވަނަ ހޯދީ އިސްމާޢީލް އަޒްމީންއާއި އިސްމާޢީލް ޝުޖާއުއެވެ.
އަންހެން ޑަބަލްސް ޗެމްޕިއަންކަން އާމިނަތު ނިފާޝާއާއި އަފީފުއްނިސާގެ އާއި ވާދަކޮށް ޗެމްޕިއަންކަން ހޯދީ ފާތިމަތު ރަޔާންއާއި އާމިނަތު ވިދާދު އެވެ.
އަންހެން ޑަބަލްސް ތިނަ ވަނަ ހޯދީ އާމިނަތު ވިޝާމާއާއިި ރިފްޤާ މުޙައްމަދުގެ އެވެ.