މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މީރާ އަށް 3.72 ބިލިއަން ރުފިޔާ

މީރާއިން މިހާކު ހިދުމަތް ހޯދަނީ -- ސަން ފައިލް ފޮޓޯ

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.72 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާ އިން ބުނެފި އެވެ.

މީރާ އިން ބުނީ މިއީ ކްއާޓާއެއްގައި މީރާ އަށް އެންމެ ގިނަ އާމްދަނީ ލިބުނު ފަހަރު ކަމަށެވެ.

މީރާ އިން ނެރުނު ކުއާޓާލީ ރިޕޯޓްގައި ބުނެފައި ވަނީ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އަޅާބަލާ އިރު 33.6 ޕަސެންޓް އިތުރު އަދަދެއް ކަަމަށެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީ އިން ނެވެ. އެއީ 1.71 ބިލިއަން ރުފިޔާ އެވެ. މިއީ ޖުމްލަ އާމްދަނީގެ 46 ޕަސެންޓް ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެެއް ލިބިފައި ވަނީ ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް (ބީޕީޓީ) އިން ނެވެ. ބީޕީޓީން ލިބުނު އާމްދަނީ 982 މިލިއަނަށް އަރަ އެވެ.

މީރާ އަށް ލިބިފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުން ލިބުނު އާމްދަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. މި މުއްދަތުގެ ތެރޭގައި 153.7 މިލިއަން ޑޮލަރު މީރާއަށް ލިބިފައިވެ އެވެ. މިއީ ފާއިތުވި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާބަލާއިރު 32.2 ޕަސެންޓް ކުރިއެރުމެކެވެ. މިއީ މިރާ އުފެދުނު ފަހުން މީރާ އަށް އެންމެ ގިނައިން ޑޮލަރު ލިބުނު ކުއާޓާ އެވެ. މި އަހަރުގެ ދެވަނަ ކުއާޓާގެ އާމްދަނީ ފުރަތަމަ ކުއާޓާއަށް ވުރެ އިތުރުވާނެ ކަމަށް މީރާ އިން ލަފާކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް