ހައްދުންމަތީގައި ބޭއްވި ފޯރަމްގެ ސަބަބުން އަތޮޅުގެ ޕްރޮގްރާމްތަކަށް ސަމާލުކަން ލިބުނު: ޔޫއެން

ލ. ކްލައިމެޓް ޗޭންޖު ފޯރަމްގެ ތެރެއިން -- ފޮޓޯ: ޔޫއެން މޯލްޑިވްސް

ޔުނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ ގިނަ އެޖެންސީތަކަކާއި އެންވަޔަރަންމެންޓް މިނިސްޓްރީއާއި ލ. އަތޮޅުގެ ކައުންސިލްތައް ގުޅިގެން އެއަތޮޅުގައި ބޭއްވި ބައްދަލުވުމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަކުތަކާ ގުޅޭ ދާއިރާތަކުން އެއަތޮޅުގައި ހިންގަމުން އަންނަ ޕްރޮގްރާމްތަކަށް އިތުރު ސަމާލުކަން ލިބުނު ކަމަށް ޔޫއެން އިން ބުނެފިއެވެ.

" ލާމު ކްލައިމެޓް ޗޭންޖް ފޯރަމް"ގެ ނަމުގައި ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ހަކަތައިގެ ރައްކާތެރިކަމާއި އެކަށޭނަ ގޮތަކަށް ހަކަތަ ބޭނުންކުރުން ހިމެނެއެވެ.

ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމާއި ފެނުގެ ރައްކާތެރި ކަމާ ބެހޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރިއެވެ. އަދި އެދާއިރާއިން އަތޮޅުގައި ކުރާ މަސައްކަތްތައް ޔޫއެން އިން ރާއްޖޭގައި ހިންގާ މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރު ކުރުވުމުގެ ޕްރޮގްރާމްގެ ތެރެއަށް ފައްތައިގެން ތަރައްގީ ކުރުމަށް ބައްދަލުވުމުގައި އިރުޝާދު ދީފައި ވެއެވެ.

އިއްޔެ ފެށި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވީ، ފާއިތުވެދިޔަ އަހަރު ލެކްރެޑު ޕްރޮގުރާމުގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ވަލްނަރަބިލިޓީ ފީލްޑް އެސެސްމަންޓާއި ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމަށް އެކުލަވާލެވުނު ރެސްޕޮންސް ޕްލޭންތަކާއި އަދި ލ. އަތޮޅުގައި ސެންޓްރަލް ޕަވާ ސިސްޓަމެއް ގާއިމްކުރުމަށް ކުރިއަށް ގެންދެވުނު ފީސިބިލިޓީ ސްޓަޑީ ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް