"އެންމެފަހު ވިންދާ ޖެހެންދެން"އަކީ އެންމެ އަސަރުގަދަ ލޯބީގެ ދިވެހި ފިލްމު: ޕްރޮޑިއުސަރު

ފިލްމްގެ ޕޯސްޓަރެއް -- އެ ފިލްމް ރޭ ވަނީ އޮލިމްޕަސްގައި ޕްރިމިއާކޮށްފައި --

"އެންމެފަހު ވިންދާ ޖެހެންދެން" ފިލްމަކީ މިހާތަނަށް ދިވެހި ސިނަމާއަށް އައި އެންމެ އަސަރުގަދަ ލޯބީގެ ފިލްމު ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރު އަލީ މުހައްމަދު (މޮގާ) ބުނެފި އެވެ.

ޑާކްރެެއިން އެންޓަޓެއިންމަންޓްގެ ފިމްލު، "އެންމެ ފަހު ވިންދާ ޖެހެންދެން" އޮލިމްޕަސް ސްކްރީންގައި ރޭ ވަނީ އަޅުވާފަ އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމާމެދު އާންމުންގެ ތަރުހީބު ބޮޑު ކަމަށާއި ހީކުރިވަރަށް ވުރެ ނަތީޖާ ރަނގަޅު ކަމަށެވެ.

"އެންމެ ފަހު ވިންދާ ޖެހެންދެން"ގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) "ސަން"އަށް ބުނީ ފިލްމްގެ ޕްރިމިއާ ޝޯއަށް ވެސް ހީކުރި ވަރަކަށް ވުރެ ބޮޑު ތަރުހީބެއް ބެލުން ތެރިންގެ ފަރާތުން ލިބުން ކަމަށެވެ.

"ޕްރިމިއާގަ ވެސް ހީކުރި ވަރުގެ ބޮޑު ތަރުހީބެއް ފިލްމަށް ވަނީ ލިބިފައި. ފިލްމްގެ ތަރިންގެ ދައްކުވާދީފައިވާ ހުނަރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ޑައިރެކްޓަރު ބުންޏެވެ.

ފިލްމްގެ ޕްރިމިއާ އަށް ފަހު ފިލްމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މި ފިލްމަކީ ދިވެހި ސިނަމާތަކަށް މިހާތަނަށް އައި އެންމެ އަސަރުގަދަ ލޯބީގެ ފިލްމު ކަމުގައި ބެލުންތެރިން ވެސް ބަލައިގެންފައިވާ ކަމަށް މަހުދީ އަހުމަދު ވަނީ ބުނެފަ އެވެ. އެ ފިލްމަކީ މަހުދީގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަހުމަދު ނިމާލްގެ ދަރި ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ ލީޑް ރޯލް ކުޅެފައިވާ އެ ފިލްމުގެ މުހިންމު ރޯލެއް ކުޅެފައިވާ އެހެން ތަރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު މަނިކު އާއި ރޯނު ހަސަން މަނިކު އެވެ.

މި ފިލްމް މި މަހުގެ 15އާ ހިސާބަށް އޮލިމްޕަސްގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު