މިނިވަން 50ގެ އުފަލުގައި ބަކަރި ކަތިލައި ސަދަގާތްކޮށްފި

މިނިވަން 50ގެ އުފަލުގައި ކަތިލި ބަކަރީގެ މަސް އާންމުންނަށް ބަހަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ލެހެއްޓެވި ކަމަށްޓަކައި، މާތްﷲ އަށް ޝުކުރުކޮށް، ދުއާ ކުރުމަށްފަހު 150 އަށް ވުރެ ގިނަ ބަކަރި ކަތިލައި ސަދަގާތްކޮށްފި އެވެ.

ރާއްޖެއަށް މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ބަކަރި ކަތިލުމުގެ ހަރަކާތް ފަށާފައި ވަނީ މިރޭ އިޝާ ނަމާދަށްފަހު، އެކުވެނި ސްޓޭޑިއަމް ސަރަހައްދުގަ އެވެ. ޖަމާއަތުގައި އިޝާ ނަމާދު ކުރުމަށްފަހު، ހާއްސަ ދުއާއެއް ކުރި އެވެ.

މިނިވަން 50ގެ އުފަލުގައި ބަކަރި ކަތިލުމުގެ ކުރިން، ޖަމާއަތުގައި އިޝާނަމާދު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަމާއަތުގައި ކުރި ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުންނާއި އާންމުން އެ ނަމާދުގައި ބައިވެރިވި އެވެ.

މިނިވަން 50ގެ އުފަލުގައި ބަކަރި ކަތިލުމުގެ ކުރިން، ޖަމާއަތުގައި އިޝާނަމާދު ކުރުމަށް ރައީސް ޔާމިން ވަޑައިގަތުމުން އެމަނިކުފާނަށް އެމްޑީއޭގެ ލީޑަރު ސިޔާމް މަރުހަބާ ވިދާޅުވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަދަގާތް ކުރުމަށް އެކުވެނި ސްޓޭޑިއަމް ސަރަހައްދަށް ގެނެސްފައިވާ ބަކަރިތައް ކަތިލުމަށްފަހު، އާންމުންނަށް ވަނީ ބަހާފަ އެވެ.

comment ކޮމެންޓް