އެމްޑީޕީ އިން މި މަހު ހަ ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހައްޔަރުކުރި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފި އެވެ.
މެމްބަރު ފައްޔާޒު ދޫކޮށްލާފައި ވަނީ އޭނާ ބަންދުގައި އިންނަތާ 15 ދުވަސް ފަހުން ނެވެ.
ފަޔާޒު ދޫކޮށްލި ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކޯޓުން ފައްޔާޒު ދޫކޮށްލާފައި ވަނީ ދެ ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ނެވެ. ފައްޔާޒު ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 60 ދުވަސް ވަންދެން އެއްވެސް ސިޔާސީ އެއްވުމެއްގައި ބައިވެރިނުވާ ގޮތަށް ޝަރުތުކޮށް އޭނާ ދޫކޮށްލުމަށް ނިންމާފައި އެވެ.
އެހެން ނަމަވެސް މުޒާހަރާއަ ށް ނުދިއުމަށް ކޯޓުން ކުރި ޝަރުތަށް އެއްބަސްނުވުމުން ކޯޓުން އޭރު ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާދީފައި އެވެ.