މަޓީގެ މިއަހަރުގެ ޗެއާމަނަކަށް ވެސް މުހައްމަދު އުމަރު މަނިކު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ހިންގާ ބޯޑު އިންތިހާބްކޮށްފި އެވެ.

އެ ބޯޑަށް މެމްބަރުން އިންތިހާބްކޮށްފައ ިވަނީ ދަރުބާރުގޭގައި މިއަދު ބޭއްވިމަޓީގެ މިއަހަރުގެ އާއްމު ޖަލްސާގަ އެވެ.

މަޓީގެ ހިންގާ ބޯޑަށް އިންތިހާބުކޮށްފައ ިވަނީ 15 ބޭފުޅެކެވެ. އެ ބޭފުޅުންނަކީ ބޯޑުގެ ޗެއާމަން މުހައްމަދު އުމަރު މަނިކުގެ އިތުރުން ވައިސް ޗެއާމަނަކަށް ގާސިމް އިބްރާހިމް، ވައިސް ޗެއާމަނަކަށް ހުސެއިން އަފީފް ސެކެޓްރީ ޖެނެރަލް އަހުމަދު ނަޒީރު، ފައިނޭންސަލް ކޮންޓްރޯލަރު އަހުމަދު ހާފިޒު، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވިޝާ މާހިރު، އެގްޒެކެޓިވް ބޯޑް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، އެގްޒެކެޓިވް ބޯޑް މެމްބަރު އަހުމަދު މުޖުތަބާ، އެގްޒެކެޓިވް ބޯޑް މެމްބަރު އިބްރާހިމް ނޫރުދީން، އެގްޒެކެޓިވް ބޯޑް މެމްބަރު އަސަދު އަލީ، އެގްޒެކެޓިވް ބޯޑް މެމްބަރު ސަލާހު ޝިހާބު، އެގްޒެކެޓިވް ބޯޑް މެމްބަރު އިބްރާހިމް ސިޔާދު ގާސިމް، އެގްޒެކެޓިވް ބޯޑް މެމްބަރު މުޖްތަބާ ލަތީފު އަދި އެގްޒެކެޓިވް ބޯޑު މެމްބަރު އައިޝަތު ނީނާ އަހުމަދެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ބޯޑުގެ މެމްބަރުން އިންތިހާބް ކުރުމުގެ އިތުރުން ނިމިދިޔަ އަހަރު މަޓީން ހިންގި ހަރަކާތްތަކާއި ކުރެވުނު މަސައްކަތްތަކުގެ ރިޕޯޓް މެމްބަރުންނަށް ހުށަހެޅުނެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ހިސާބާއި 2015 ވަނަ އަހަރުގެ މަޓީގެ ބަޖެޓް ވަނީ ފާސްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު