އެލްޖީއޭގެ ރައީސަކަށް އުމަރު ހޮވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ހޮވައިފި އެވެ.

އެލްޖީއޭ އިން ބުނީ އުމަރު އެ މަގާމަށް ހޮވުނީ މިއަދު ބޭއްވި އެ އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޖުމްލަ ނުވަ މެމްބަރުން ތިއްބަވާ އެލްޖީއޭ ބޯޑުގެ ރައީސްކަމަށް ކުރިމަތިލެއްވީ ވެސް އުމަރު އެކަންޏެވެ.

އުމަރަކީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސް ޔާމީން، އެލްޖީއޭ ބޯޑަށް އައްޔަން ކުރައްވާފައިވާ ވަޒީރެވެ.

އުމަރު އެލްޖީއޭ ބޯޑަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު