ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް ބީއޭއެމްއާއި މުލަކު ސްކޫލް އެއްބަސްވުމެއްގައި ސޮއިކޮށްފި

ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އާއި މ. މުލަކު ސްކޫލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބީއޭއެމް އާއި މުލަކު ސްކޫލާ ދެމެދު ވެވުނު އެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ރޭ މުލަކު ސްކޫލް ހޯލްގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފަސް އަހަރު ދުވަހަށް ވެވުނު އެ އެއްބަސްވުމުގެ ދަށުން، މުލަކު ސްކޫލްގައި ފެންވަރު ރަނގަޅު ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަވިގެން ދާނެކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މުލަކު ސްކޫލުން ބުނީ އެ އެއްބަސްވުމުގެ ދަށުން މިހާރުވެސް އެ ސްކޫލުގައި 31 ދަރިވަރަކު ތަމްރީނު ވުމަށް ތައްޔާރު ވެފައި ވާކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތްތާ އެ އަދަދު އިތުރުންވުންވެސް އެކަށީގެން ވާކަމަށް އެ ސްކޫލުން ވަނީ މައުލޫމާތު ދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު