ފާއިތުވި ނުވަ އަހަރަށް ވުރެ އާސެނަލްގެ އެޓޭކް މިހާރު ވަރުގަދަވެއްޖެ: ވޮލްކޮޓް

ވެތުވެދިޔަ ނުވަ ސީޒަނަށް ވުރެއް އާސެނަލްގެ އެޓޭކިން ފޯސް މާވަރުގަދަ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ ތިއޯ ވޮލްކޮޓް ބުނެފި އެވެ.

އެނާ ކުޅެމުން އަންނަ ކުލަބް ކަމަށްވާ އާސެނަލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވޮލްކޮޓް ބުނީ އެ ޓީމުގައި މިހާރު އޮތް ސްޓްރައިކް ޑިޕާޓްމަންޓަކީ 2006 ވަނަ އަހަރާ ހަމަށް އެޓީމުގަ ހިމެނުނު ސްޓަރައިކިން ފޯސްއަށްވުރެ ވަރުގަދަ އެޓޭކިން ފޯސްއެއް ކަމަށެވެ. ވޮލްކޮޓް ވަނީ އާސެނަލްގައި 2004-2003 ސީޒަންގައި އެ ޓީމު އެއްވެސް މެޗަކުން ބަލިނުވެ ލީގުތަށިނެގި ޓީމުގެ ކުރިއަށް ކުޅުނު ހެންރީ އާއި ބާކެންޕާއެކު ކުޅެފައެވެ.

ވޮލްކޮޓް ބުނީ އެނާ އެ ޓީމާ ގުޅުނުއިރުގައި ޕިރޭޒް އާއި ލުއެންބާގް އާއި ބާކެންޕް އާއި ހެންރީ އާއި ރިއޭސް ފަދަ ވަރުގަދަ އެޓޭކިން ލައިނެއް އޮތް ކަމަށެވެ. އަދި ބުނީ ސަންޗޭޒް އާއި ޖިރޫޑް އާއި ކަޒޯލާ އާއި ޗެންބަލިން އާއެކު އާސެނަލްގެ އެޓޭކް މާވަރުގަދަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށް ކުޅެމުން އަންނަ ކުޅުންތެރިން އެކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ސައުތުހެންޕްޓަންއިން އާސެނަލް އަށް ބަދަލުވި ވޮލްކޮޓް ބުނީ ނިމިދިޔަ އަހަރުގެ އެފްއޭކަޕް ކާމިޔާބު ކުރުމަކުން އަދި ނިމުނީ ނޫން ކަމަށާއި މިކުޅުންތެރިންނާއެކު އެއަށްވުރެ ވެސް ގިނަ ތަށި އާސެނަލަށް ކާމިޔާބު ކުރެވިދާނެ ކަމަށެވެ. ވޮލްކޮޓަށް ވަނީ ނިމިދިޔަ ސީޒަންގައި އަނިޔާގެ މައްސަލަތަކާހުރެ ކުޅިބަލަން އިންނަންޖެހިފަ އެވެ.

މިހާރު އުމުރުން 25 އަހަރުގެ ވޮލްކޮޓް ވަނީ އަނިޔާއިން ރަނގަޅުވެ އިނގިރޭސި އެފްއޭކަޕްގައި އެ ޓީމް ހަލްސިޓީއާއެކު ކުޅުނު މެޗުގައި ކުޅެ އެ ޓީމު މޮޅުވުމަށް އެހީތެރިވެދީފަ އެވެ. މި ސީޒަންގެ މިހާތަނަށް ޕްރިމިއާލީގް އާސެނަލް 22މެޗު ކުޅުނުއިރު އެޓީމުން ވަނީ 39 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު