ހެންވޭރު "ގިނަމާ އިން" ނަމަކަށް ކިޔާ ގެސްޓްހައުސްއެއްގެ ތެރޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މިރޭ 23:20 ގައި ފުލުހުންނަށް ރިޕޯޓް ކުރި އެ ހާދިސާގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާއެކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް ޒަހަމްވި މީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަން ފުލުހުން ނުބުނެ އެވެ. އޮފިޝަލު ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.