ސިރިސޭނާ މިއަދު ހަވީރު ހުވާކުރައްވަނީ

ސްރީލަންކާ ދުށް އެންމެ ނުފޫޒު ގަދަ ރައީސް މަހިންދަ ރާޖަޕަކްސާ ބަލިކުރައްވައި ސްރީލަންކާގެ ރިޔާސީ އިންތިހާބު ކުރެއްވި މައިތިރި ޕާލާ ސިރިސޭނާ މިއަދު ހަވީރު އެގައުމުގެ ގަޑިން 6.00 ގައި ރައީސްކަމުގެ ހުވާ ކުރައްވާނެ ކަން އޭނާގެ އިއްތިހާދުން ބުނެފި އެވެ.

ތަރުޖަމާނު ސަމަން އަތައު ދަހެއްތި އާ ހަވާލާދީ އަލްޖަޒީރާ ބުނީ ސިރިސޭނާ ހުވައިކުރެއްވުން އޮންނާނީ ކޮލަމްބޯގެ އިންޑިޕެންޑެންޓް ސްކޮޔާގައި ކަމަށެވެ.

ރާޖަޕަކްސާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ސްރީލަންކަން ފްރީޑަމް ޕާޓީއާއި ހެލްތު މިނިސްޓަރު ކަން ދޫކުރައްވައި ވަޑައިގެން ރިޔާސީ ރޭހަށް ނުކުންނެވި ސިރިސޭނާ އަށް އިންތިހާބު ކާމިޔާބު ވެވަޑައިގެންނެވުމުން އޭނާ ވަނީ ރާޖަޕަކްސާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ރާޖަ ޕަކްސާ މަގު ކޮށްޓަވައި ދެއްވި ކަމަށެވެ.

"...ރާޖަޕަކްސާ ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ކޮށްޓަވައި ދެއްވާފައި. އަޅުގަނޑު ރައީސަކަށް ވާން ފުރުސަތު ލިބުނީ އެހެންވެ،" އިންތިހާބު ކާމިޔާބު ކުރެއްވުނުކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށް ފަހު ސިރިސޭނާ ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު