ހަރާމް ކަންތައްތަކަށް އަރައި ނުގަނެ މުނާސަބަތުތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން: ރައީސް މައުމޫން

ހަރާމް ކަންތައްތަކަށް އަރައި ނުގަނެ މުނާސަބަތުތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މުނާސަބަތުތައް ފާހަގަކުރާ އިރު މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައިނުގަނެ މުނާސަބަތުތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައި ނުގަނެ ގައުމީ ނުވަތަ އިޖުތިމާއީ މުނާސަބަތުތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން." ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެމަނިކުފާނު ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މެހެމާނުންނަށް ކަމޭހިތުމާއި އެބައި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް ދިނުމަކީ އިސްލާމީ މަތިވެރި އުސޫލެއް ކަަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުފެވައިވާ އިރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ އާ އަހަރާ ދިމާކޮށް މީހުން ގެނެސްގެން ޝޯ ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޒުވާނުންނަށް ހެޔޮ އެދުމަކީ އިސްލާމްދީނުގެ ސަގާފަތާއި ރިވެތި މަންހަޖުގެ ތެރެއިން އެމީހުން ނެރުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު