ޑިޒާސްޓާ މެނޭޖްމަންޓް ޕްރޮގުރާމްގެ އަޖުމަ ބެލުމަށް ގައްދޫގައި ޑްރީލް އެއް ބާއްވައިފި

ޑިޒާސްޓާ މެނޭޖްމެންޓް ޕްރޮގުރާމްގެ އަޖުމަ ބެލުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ގދ. ގައްދޫގައި ޑްރީލް އެއް ބާއްވައިފި އެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަދު މެންދުރުފަހު ގައްދޫގައި ބޭއްވި ޑްރީލްގެ މަގުސަދަކީ އިމަޖެންސީ ރެސްޕޮންސް މެކޭނިޒަމް އަދި ޑިޒާސްޓާ މެނޭޖްމަންޓް ޕްރޮގުރާމްގެ އަޖުމަ ބެލުން ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ބަޔާނުގައި ބުނެފައިވާ ގޮތުން އިމަޖެންސީ ރެސްޕޮންސް މެކޭނިޒަމްގެ ތެރޭގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް އުފައްދައި އިމަޖެންސީ ރެސްޕޮންސް ޓީމްސް މެދުވެރިކޮށް އިޖާބަ ދިނުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. އަދި އަންގަންޖެހޭ އެންގުންތައް ދުރާލައި އެންގުން ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޑްރީލްގައި އިމަޖެންސީ ރެސްޕޮންސް ޓީމްސް ހަރަކާތްތެރިވި ދާއިރާތަކަކީ އިވަކުއޭޝަން ސެންޓަރު، ސާޗް އެންޑް ރެސްކިއު އަދި މުޖުތަމައު ހަރަކާތްތެރި ކުރުވުން، ފުރަތަމަ އެހީ، އަލިފާނުގެ ހާދިސާތަކުގައި އިޖާބާ ދޭނެ ޓީމްސް އަދި މިނޫންވެސް ތަފާތުއެކި ދާއިރާތައް ހިމެނެއެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ގައްދޫގައި މިއަދު ކުރިއަށް ގެންދިޔަ ޑްރީލްގައި ރަށު ކައުންސިލް، ޕޮލިސް ސްޓޭޝަން އަދި އެ ރަށުގައި ހިމެނޭ ސަރުކާރުގެ އެހެން އިދާރާތަކުން ބައިވެރިވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު